ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗް.ސީ.އެފް.ސީ ގޭސް އެތެެރެކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލަން މަސައްކަތް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އޯޒޯން ފަށަލައަށް ގެއްލުން ލިބޭތީ ހައިޑްރޮކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ގޭސް އެތެެރެކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހައިޑްރޮކްލޯރޯފްލޯރޯކާބަންސް އޯޒޯން ފަށަލައައް ގެއްލުން ލިބޭ މާއްދާއެެކެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ “އޯޒޯން ފަށަލަ ހިމާޔަތް ކުރުމުގައި 35 އަހަރު” މި ޝިއާރުގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބުތަގައި ދެއްވި ޚިތާބުގައެވެ.

ނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އާޢްމުކޮށް ބޭނުންކުރަމުން އަންނަނީ ފިނިކުރާ ނިޒާމްތަކުގައި ކަމަށާއި ފިނިކުރާ ނިޒާމްގައި ބޭނުންކުރާ ގޭހަކީ އެންމެ ތިމާވެއްޓަށް ރަނގަޅު ގޭސްކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ. އެހެންކަމުން އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗް.ސީ.އެފް.ސީ ރާއްޖޭގެ ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ގޮތުން މި ގޭސް އެއްވެސް ޤައުމެއްގައި ބޭނުން ކުރެވޭ އެންމެ ފަހު ތާރީޚަކީ 2030 ވަނަ އަހަރުއެވެ. އެހެންނަމަވެސް މި ގޭސް ބޭނުންކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު ތައްޔާރުކުރި އެޗް.ސީ.އެފް.ސީ މަދުކުރުމުގެ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: