ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމް، ރާއްޖޭގެ ހުރިހާ ރަށަކަށް ބޯޅަ ބަހަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ބަހަން ފަށައިފިއެވެ.

ބޯޅަ ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް ގެނައި ބޯޅަތަކެއް ކަމަށްވާއިރު މިފަހަރު އެ މުބާރާތް ބޭއްވޭ ގޮތް ނުވުމުން އެފްއޭއެމް އާއި ޔޫތް މިނިސްޓްރީން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާކުރުމަށެވެ.

އެގޮތުން ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވަނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށެވެ.

އެގޮތުން އައްޑޫ ސިޓީ މީދޫ އާއި މަރަދޫ ފޭދޫ އަށް ވީ ފުޓްބޯޅަތައް ނަގާފައިވާ ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫ އާއި މަރަދޫފޭދޫ އަށް އެފްއޭއެމް އިން ހަދިޔާކުރި ބޯޅަތައް ނަގާފައިވާ ކަމަށާއި މި ބޯޅަތައް ދެ އަވަށުގެ އަވަށު އޮފީހަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ކ. އަތޮޅުގެ ނުވަ ރަށަކަށް ވެސް މިއަދު ވަނީ ބޯޅަ ފޮނުވާފައެވެ. އެގޮތުން ކ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަހީން ހުސައިން ވިދާޅުވީ އެފްއޭއެމް އިން ކ. އަތޮޅުގެ ނުވަ ރަށަށް، ކޮންމެ ރަށަކައް 10 ފުޓްބޯޅަ މިއަދު ލިބިފައިވާ ކަމަށެވެ.

“ޝުކުރިއްޔާ ޔޫތު މިނިސްޓަރ މަޙްލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ހީވާގި މުވައްޒަފުން.” ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: