ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ވިޔަފާރިތަކަށް 283 މިލިއަން ރުފިޔާ ދޫކޮށްފި

މާލެސިޓީގައި ހުރި އަތޮޅު ފިހާރައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް 283.2 މިލިއަން ރުފިޔާ ދޫކޮށްފިއެެވެ.

މި ފައިސާ ދޫކޮށްފައިވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 1،720 ފަރާތަކަށް 283.2 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައިވާއިރު, 3،456 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 557 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާ ހުރެ ބާތިލުކޮށްފައިވެއެވެ.

ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދުފަންތީގެ 227 ވިޔަފާރިއަކަށް 51.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު، ދަތުރުފަތުރުގެ ދާއިރާއަށް 19.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެއެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ 575 ފަރާތަކަށް 17.2 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: