ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ ބޮޑުކުރުމަށް ސާވޭ ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ސާވޭ ފަށައިފި އެވެ.

މިއީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަސައްކަތާ ބެހޭގޮތުން މައުލޫމާތު ދެމުން އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް ”މިހާރު“ ނޫހަށް ދެއްވި އިންޓަވިއުއްގައި ބުނެފައިވަނީ އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމެއް އިއްޔެ ހަނިމާދު އަށް ގޮސް އެއާޕޯޓުގެ އިނިޝަލް ސާވޭ ކޮށްފައިވާ ކަމަށެވެ.

އެ ސާވޭ އަށް ފަހު ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތަފުސީލީ ރިޕޯޓެއް އަންނަ ނޮވެމްބަރު މަހު ނިންމާނެ ކަމަށާއި ޕްރޮޖެކްޓް ބީލަމަށް ލާނީ އެ ރިޕޯޓު ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މުޅި މަސައްކަތް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރޯހިތު ވިދާޅުވި އެވެ. އެއީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ޕްރޮޖެކްޓަކަށް ވާތީ އިންޑިއާ އިން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އަކީ އިންޑިއާ ސަރުކާރުގެ އެއާޕޯޓުތައް ޑިޒައިންކުރާ އަދި އެ އެއާޕޯޓްތައް މެނޭޖްކުރާ އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން އިންޑިއާގެ 100 އަށް ވުރެ ގިނަ އެއާޕޯޓު ހިންގަ އެވެ.

ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: