ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކަމެއް ބިޑުކޮށްގެން ކުރާނަމަ އާ ކަންކަމަށް މަގު ބަންދުވާނެ: އިބްރާ

ރައްޔިތުންގެ މަޖިލީހުގެ ބިލަކަށް ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމެއްގައި އިބްރާ ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެކަމަކީ ބިޑުކުރާ ކަމަކަށްވުމުން ގައުމުގެ އުފެއްދުންތެރިކަމާއި ޚާއްސަކޮށް އާކަންކަމަށް މަގު ބަންދުވެގެންދާނެ ކަމަށް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ބީލަމަށް ނުލައި މަޝްރޫޢު ހަވާލުކުރެވޭ މާއްދާ އުވާލަން އޭސީސީން އެދުނު ޚަބަރުގެ ލިންކެއް ހިއްސާ ކުރައްވަމުން އިބްރާ، އޭނާ ފޭސްބުކްގައި ވިދާޅުވި ގޮތުގައި މިހާރު މި ދަތުރު ކުރެވެނޭ އެއް ފަރާތުކޮޅުން އަނެއް ފަރާތު ކޮށަޅެވެ.

އިބްރާ ޕޯސްޓުގައި، ވުޖޫދުގައި ނެތް މުދަލެއް، ނުވަތަ ޚިދުމަތެއް ޓެންޑަރ ކުރާނެ ގޮތެއް އޮތްވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

ބީލަމަށް ނުލައި މަޝްރޫޢު ހަވާލުކުރެވޭ މާއްދާ އުވާލުމުން، މީހަކު ނުވަތަ ބަޔަކު، އުފެއްދުންތެރި ޚިޔާލާއެކު ސަރުކާރަށް ހުށަހަޅައިގެން ކަމެއް ކުރުމުގެ ފުރުސަތު އޭރުން ބަންދުވީ ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ސަރުކާރުގެ ވިސްނުން ފޯރާ ފަށަށްވުރެ ދުރަށް ދެވޭނެ ގޮތެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

އިބްރާ ވިދާޅުވި ގޮތުގައި އެކަމަށް ހައްލެއް ހޯދަންޖެހެއެވެ. އެގޮތުން އާންމުކޮށް ލިބެން ހުންނަ މުދަލާއި ޚިދުމަތް ބީލަމަށް ނުލާ ހޯދަންވީއެވެ.

އުފެއްދުންތެރި ޚިޔާލާއެކު ހުށަހަޅާ ކަންކަން ސަރުކާރުގެ އާންމު ސިޔާސަތަށް ފެތޭނަމަ، ފީސިބިލިޓީ ބަލާފައި އެކަމަކަށް ވަސީލަތްތައް ނުވަތަ ކޮންޓްރެކްޓް ދޭންވީ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެނޫންގޮތަކަށް ކަންކަން ހިނގާނަމަ ރާއްޖޭގައި ޓޫރިސްޓް ރިސޯޓާއި، ބޮޑުކަންނެލި އަދި ކެފޭ ރެސްޓޯރަންޓާއި އިމާރާތް ކުރުމުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިއެއް ނޯންނާނެ ކަމަށެވެ.

“އާން އެހެންތާ ވާނީ، މީހަކު އަމިއްލަ ޚިޔާލަށް އުފައްދާ އެއްޗެއް ޓެންޑަރ އަށް ނުލެވެންޏާ، ޓެންޑަރ ނަގާނީ އިންވެސްޓް ކުރެވޭނެ މީހުން އެކަނި، ކްރިއޭޓިވިޓީން ވައްކަންކުރަނީ، ކޮވިޑް އައިއިރު މި ފެނުނީ އެތަން” އިބްރާ

ސަރުކާރުގެ މަޝްރޫޢުތައް ބީލަމަށް ނުަލައި އެކި ފަރާތްތަކަށް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ޤަވާޢިދަށް ކުރީ ސަރުކާރުން ގެނެސްފައިވާ އިސްލާހު އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ގޮވާލާފައެވެ.

އޭސީސީން ބުނެފައިވަނީ އެ މާއްދާ އުވާލުމަށް އެދުނީ މިހާރު އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ބައެއް މައްސަލަތަކުގައި އެ މާއްދާއާ ގުޅުންހުރި ކަންބޮޑުވުންތަކެއް ފާހަގަވުމުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: