ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ހާލަތުގައި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނުކުތުމަށް އެންގުމުގައި ނޯޓިސް ދިނުމަށް ލާޒިމް!

އައްޑޫގެ ފްލެޓުތައް --- ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނުކުތުމަށް އެންގުމާއި ކަނޑައަޅާ ވަކި މުއްދަތެއް ނޯޓީސް ދިނުމަށް ގާނޫނުން ލާޒިމް ކޮށްފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިރިއުޅުމުގެ ބޭނުމަށް ތަނެއް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދިރިއުޅުމަށް ކުއްޔަށްދީފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަން ދޫކޮށްދިޔުމަށް ތަނުގެ ވެރިފަރާތަށް އެންގޭނީ، އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށްދީފައިވާ ތަނެއް ކުއްޔަށް ދީފައިވަނީ، ލިޔުމުން ވެވޭ އެއްބަސްވުމަކާ ނުލައި  ކަމުގައިވީނަމަވެސް، އެފަދަ ތަނެއްގައި ދިރިއުޅޭ ފަރާތްތައްވެސް ތަން ދޫކޮށްދިޔުމަށް ތަނުގެ ވެރިފަރާތަށް އެންގޭނީ، އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

މީގެއިތުރުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަން ދޫކޮށްދިޔުމަށް ދޭ ނޯޓިސް، ތަނުގެ ވެރިފަރާތުން ދޭންވާނީ ލިޔުމުންނެވެ. އަދި  މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފާފައިވާ ފަރާތް ތަން ދޫކޮށްދިޔުމަށް އަންގައިގެންނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އަދި ޝަރީޢަތަށް މައްސަލަ ހުށަހެޅުން ހިމެނޭގޮތުން، އެފަދަ ފަރާތެއް ތަނުން ނެރުމަށްޓަކައި ޢަމަލީގޮތުން އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ދިރިއުޅޭ ތަން ދޫކޮށްދިޔުމަށް އަންގައި ތަނުގެ ވެރިފަރާތުން ކުއްޔަށްހިފާ ފަރާތަށް ނޯޓިސް ދީފައިވާ ޙާލަތުގައިވެސް، ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރާ އެހެން އިލްތިޒާމުތައް އަދާކުރުންމަތީ ދެފަރާތުންމެ ދެމިތިބެންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަމުގެ ޝަކުވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުމުގެ ޙައްޤު، އެ ޢަމަލުގެ ޝިކާރައަކަށްވީ ފަރާތަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: