ރިސޯޓް މުވައްޒަފުންގެ ޗުއްޓީއަށް 14 ދުވަސް އިތުރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓުތަކުގެ މެނޭޖުމެންޓުތަކުގައި އެދެފި އެވެ.
ރިސޯޓުތަކުން ރަށްރަށަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެެ ކަމަށް އެޗްޕީއެގެ ގައިޑްލައިން ބުނެފައިވެ އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ މަސައްކަތްކުރާ މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބިދެންޖެހޭ ޗުއްޓީތަކެއް ހުންނަކަމަށެވެ.
އައްސަދު ވިދާޅުވީ ރިސޯޓު މުވައްޒަފުން އޮފް ދުވަސްތައް އެއްކޮށްގެން ނުވަތަ އަހަރީ ޗުއްޓީގައި ދާއިރު ޗުއްޓީ ދުވަސްތަކުގެ އިތުރަށް އިތުރު 14 ދުވަސް ކަރަންޓީނަށް ދިނުމަށް މުވައްޒަފުން އެދޭ ކަމަށެވެ.
އާންމު ސިއްހަތުގެ ގާނޫނު ބުނާގޮތުން ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭނެ އެވެ.

