ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް2ގެ އެއް ބުރިޖު ހުޅުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ދެވަނަ ފޭސްއާއި ގުޅުވާފައިވާ ހަތަރު ބުރިޖުގެ ތެރެއިން އެއް ބުރިޖު ހުޅުވާލުމަށް ނިންމައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގެ ބައެއް އިމާރާތްތަކުގައި މިހާރު މީހުން ވަނީ އުޅެން ފަށާފައެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގައި އާންމުން އުޅެމުންދާ ކަމަށެވެ. އަދި އާންމުންނަށް އެސަރަހައްދަށް އަރައި ފޭބުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެއް ބުރިޖު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން،1 އޮކްޓޫބަރުން ފެށިގެން ނިރޮޅު މަގާއި ގުޅިފައިވާ ބުރިޖުން ދެވަނަ ފިޔަވައްސަށް އަރައި ފޭބޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންނަމަވެސް، ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އާންމުން އަރައި ފޭބުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ބީޗު ބޭނުންކުރާއިރު، ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ ބައެއް ގޯތިތަކުގައި އާންމުން އުޅެން ފަށާފައިވާއިރު، އެސަރަހައްދުގައި ގާއިމްކުރަމުންދާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގައި އުޅެން ފެށޭނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: