ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލަ: އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށް! އިތުރު މައްސަލަތައް އެބަހުރި!

ޒިޔާދާ ނައީމް އަދި އޭނާގެ ކުރީގެ ފިރިމީހާ ޝާހު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑިސެމްބަރު 28، 2015 ގައި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި، އިބްރާހީމް ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ޒިޔާދާ މަރުވި މައްސަލައިގައި ޝާހުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރާ ގުޅޭ ޝަރީއަތް ސިއްރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެލަލް (ޕީޖީ) ގެ އެދުމުގެ މަތީން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ޒިޔާދާ މަރާ ގުޅިގެން އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހު މައްޗަށް އުފުލާފައިވާ ދައުވާގެ ހައިކޯޓު އިސްތިއުނާފު މައްސަލަ އޭނާގެ ސާބިތުވެ  3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ދައުލަތުން އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ޒިޔާދާގެ މަރުގެ މައްސަލަ ތިން އަހަރެއްހާ ދުވަސް ވަންދެން ހިންގި ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝާހުގެ މައްޗަށް އެއްވެސްކަމެއް ސާބިތެއް ނުވާކަމަށެވެ.

މީގެ ތިން އަހަރު ކުރިން، ޝާހު ޒިޔާދާއަށް އެކި ފަހަރު މަތީން ކުރި އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެއް މައްސަލައަށެވެ. ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވުމާ އެކު، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު އަޑުތައް އޭރު އަނެއްކާ ވެސް ގަދަވެގެންދިޔައެވެ. ފިރި މީހާގެ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުންގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތަކަށް ފަހު ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. މައްސަލަ ކުރިޔަށް ގެންދިޔައީ ސިއްރުންކަމަށްވެފައި، އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ރައްކާތެރި ކުރުމަށް އިތުރު އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމާއި ހުސައިން ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގައި ވަކާލާތު ކުރެއްވި ކޭސްއާއި ގުޅޭގޮތުން ޓްވީޓެއް ކުރައްވާ ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ޝާހުއާ ދެކޮޅަށް ދެން ހުރި މައްސަލަތައް ނިމި، އޭނާ ޖަލަށްލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ރޭޕްގެ ދައުވާގެ އިތުރުން ދެން ހުރި މައްސަލަތަކުގެ ހުކުމް ހައި ކޯޓުން އަދި ނީއްވަ އެވެ. އިހުމާލުގެ މަރުގެ ދައުވާ އާއި ފަރުވާކުޑަ އަމަލަކުން މަރުވުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުނުވި މައްސަލަ ވެސް ހައި ކޯޓުގައި އަދި ދަނީ ކުރިޔަށެވެ. ޒިޔާދާގެ މަރުގެ މައްސަލައިގެ ދެ ދުވާއެއް ދައުލަތުގެ އެދުމުގެ މަތީން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ރޭޕްގެ މައްސަލަތަކަކީ ގާނޫނުގެ ދަށުން ސިއްރުކޮށްގެން ކުރިއަށްދާ މައްސަލަތަކެވެ.

ޒިޔާދާގެ މަރުގެ މައްސަލަ: ޝާހުގެ ފޯނުގައި 700 އޮރިޔާން ފޮޓޯ އާއި އެތައް ވީޑީއޯއެއް، ވެބް ހިސްޓްރީ ވެސް އެހާ ދިގު!

މައްސަލަ ސިއްރުކުރުމަށް އެދި ދައުލަތުން ޝަރީއަތުގައި ބުނެފައިވަނީ، ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހެއްކިތަކަކީ ވެސް ރޭޕްގެ މައްސަލާގައި ހިމެނޭ ހެކިތައް ކަމަށެވެ. އަދި ތިން ދައުވާ ވެސް ކޮށްފައިވަނީ އެއް ހާދިސާއެއް، އެއް ވާގިޔާއެއްގެ މައްޗަށް ކަމަށެވެ. އެހެންވެ ރޭޕްގެ މައްސަލަ ސިއްރުކޮށްގެން ދިޔަސް، އަނެއް ދެ ދައުވާގެ އަޑުއެހުން ހުޅުވާލައިފިނަމަ ޒިޔާތާގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ. އަދި އޭނާގެ ދަރީންގެ މަސްލަހަތު ގެއްލިދާފަދަ މައުލޫމާތުތަކެއް ވެސް އާންމުވެދާނެ ކަމަށެވެ.

ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ހުޅުވާލައިގެން ކުރިޔަށް ގެންދަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. އެގޮތުން މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ޝާހުގެ ފޯނު ބަލާ ފާސްކުރިއިރު އޭނާގެ ފޯނު އޭގައި 700 އަށް ވުރެ ގިނަ އޮރިޔާން ފޮޓޯ ފެނިފައިވާއިރު އެ ފޮޓޯތަކަކީ އައިފޯނުގެ ވެބް ބްރޯސާ “ސަފާރީ” އިން ފޯނަށް ޑައުންލޯޑު ކުރި ފޮޓޯތަކެއްކަން ސާބިތުވާކަމަށް ޕީޖީގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. ވަކީލު ވިދާޅުވީ އެއީ ވައިބާ ނުވަތަ ވަޓްސްއެޕްއިން އޮޓޯ ސޭވްފައިވާ ފޮޓޯތަކެއް ނޫންކަން ވެސް އެނގެން އެބައޮތް ކަމަށެވެ. އޭގެ އިތުރުން ފޯނުގެ އިންޓަނެޓް ހިސްޓްރީ ބެލުމުން އޮރިޔާން މަންޒަރުތައް ހުންނަ ސައިޓްތަކަށް ވަދެފައިވާކަން އެނގެން އޮބައޮތްކަން ވެސް ވަކީލު ފާހަގކުރެއްވިއެވެ. ޕީޖީގެ ވަކީލު ވިދާޅުވީ އެ ފޮޓޯތަކަކީ ޝާހުއަށް ނޭނގި ފޯނުގައި ހުރި ފޮޓޯތަކެއް ވެސް ނޫން ކަމަށެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: