އިދިކޮޅު ޕީޕިއެމް/ޕީއެންސީން ސަރުކާރު ވައްޓާލަން ބޭނުން ވެގެން އުޅެނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްއާރްޑީސީގެ މެނެޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމާއި އެ ކުންފުނީގެ އޭރުގެ ތިން ބޯޑު މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަތައް ބަލާ ދައުވާކޮށް އަދަބު ދިނުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކިޔައިގެން ވެސް ސަރުކާރުން ވައްޓާލަން އެ މީހުން އެބަ ބޭނުންވާ ކަމަށެވެ.
PPM/PNC in sarukaaru vattaalan beynun vegen ulhey hageegee sababu mihira dhanee haama vamun. Mi massala thah balaa dhauvaa koh adhabu dhinumuge kurin konme ehcheh kiyaigen ves sarukaaru vattaalan mimeehun eba beynunvey. https://t.co/YDMwkafWdo
— ???????? ???????????????????????????? ???????????????? ???? (@Roxeyna) October 1, 2020
ނަޒީމްގެ އިތުރުން އެމްއާރުޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒް) އާއި މއ. ޔެލޯޑައިމަންޑް، އަހްމަދު ރަޝީދު، ގ.މާބަދި، އަދި މުހައްމަދު އަލީ ދީދީ ގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސަންޓަށްވާ ފައިސާ ދީފައިވަނީ އެކުންފުނީގެގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަގައެވެ.
One Response
މާލޭ ގާނޫނު ހަދައިގެން މައުމޫނުގެ ސްޓައިލަށް ވެރިކަން ކުރާބަޔެއް އެމްޑީޕީ ސަރުކާރަކީ !