ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ސަރުކާރު ވައްޓާލަން ބޭނުންވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ: ރޮޒައިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕިއެމް/ޕީއެންސީން ސަރުކާރު ވައްޓާލަން ބޭނުން ވެގެން އުޅެނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްއާރްޑީސީގެ މެނެޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމާއި އެ ކުންފުނީގެ އޭރުގެ ތިން ބޯޑު މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަތައް ބަލާ ދައުވާކޮށް އަދަބު ދިނުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކިޔައިގެން ވެސް ސަރުކާރުން ވައްޓާލަން އެ މީހުން އެބަ ބޭނުންވާ ކަމަށެވެ.

ނަޒީމްގެ އިތުރުން އެމްއާރުޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒް) އާއި މއ. ޔެލޯޑައިމަންޑް، އަހްމަދު ރަޝީދު، ގ.މާބަދި، އަދި މުހައްމަދު އަލީ ދީދީ ގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސަންޓަށްވާ ފައިސާ ދީފައިވަނީ އެކުންފުނީގެގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މާލޭ ގާނޫނު ހަދައިގެން މައުމޫނުގެ ސްޓައިލަށް ވެރިކަން ކުރާބަޔެއް އެމްޑީޕީ ސަރުކާރަކީ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: