ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭން ބިލެއް ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތް ހިމަނާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފައި ވަނީ މި ދައުރު ޖުމްލަ 28 ބިލެއް ހުށަހަޅާއިރު، މުޅިން އަލަށް 19 ބިލެއް އަދި މިހާރު އަމަލު ކުރަމުން ދާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ނުވަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް” ވެސް ހިމެނެއެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖިލީހުން ބިލެއް ފާސްކުރިއެވެ. އެ ގާނޫނާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުުފުލީ މި ސަރުކާރުގައި ތިއްބެވި ވެރިންނެވެ. އެއާއެކު މި ސަރުކާރު އައި ފަހުން ނިމިދިޔަ 18 ވަނަ މަޖިލީހުގައި ވަނީ އެ ގާނޫނު އުވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: