ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕްރެޝަން: ގައިދުވެ ގެއްލި ނިމުނީއެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

ހިތާމައިގެ ސާލަކުން ނިވާވެފައިވާ މި ޖިސްމުން އުފާވެރިކަން ކަޝްފުވެ ދިޔައީއެވެ. ދުވަސްތަކެއް ކުރިއެވެ. ހިމޭންކަމުގެ ޖައްވެއްގައި އަހަރެންވެސް އޭރު އުދުހި އުޅުނީމެވެ. ގާތް މިތުރުންނާއެކު އިތުބާރުގެ ފެންއާރުތަކުން ފެންވެރީމެވެ. ފިކުރުތަކުން ދުރުވެ ލޯބީގެ ދާނުގައި އަޅާލުމާއި އޯގާތެރިކަމުގެ ބާލީހުގައި ބޯ އަޅާލީމެވެ. އިތުބާރުގެ ވަރުގަދަ ވާފަށެއްގައި ހިތާއި މޭ އައްސާ ގޮތްޖަހާލީމެވެ. އެހެންނަމަވެސް، ހުވަފެނީ މި އާލަމުން ލޯ ހުޅުވުނު އިރު އަނެއްކާވެސް ދާނުގައި އޮތީ އަހަރެން އެކަންޏެވެ.

ވަށައިގެންވާ ހަތަރު ފާރު އަހަންނާއި ވާހަކަދައްކަމުން ދާ ހެން ހީވިއެވެ. ހަތަރު ފާާރު އައިސް ފިއްތާބާރުކޮށްލައެވެ. އަމިއްލަ ސޫރަ ލޯގަނޑުން ބަލަން ޖެހިލުންވިއެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅެން އުދަގޫވިއެވެ. ކަމެއް ވެއްޖެކަން އެންމެންނައްވެސް އެގެއެވެ. އެކަމުވީ ކީއްތޯއެއް ނާހައެވެ. ނަމަވެސް މޯޅިވެ އުޖާލާކަމެއް ނެތް ހަށިގަނޑުފެ ސަބަބުން އިތުރު ފުރައްސާރަ ތަކަކާއި ކުރިމަތި ލާން ޖެހުނީއެވެ.

އާދެ ދައްކަން މި އުޅެނީ ޑިޕްރެސަންގެ ވާހަކަ އެވެ. މަތީގައި ބަޔާން ކުރެވިފައިއެވަނީ މި ބައްޔާ ކުރިމަތިލާން ޖެހިފައިވާ ބައެއް ފަރާތްތަކުގެ އިޙްސާސްތަކެވެ. ގަބޫލު ކުރަން ދަތިވެސް މިއީ ހަގީގަތެވެ. ގިނަ ފަހަރަށް ޑިޕްރެސަންގެ ވާހަަކަތައް ވެފައިވަނީ ގިން މީހުންނައް ގަބޫލު ކުރަން ދަތި ވާހަކަތަކަކަށެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ގިނައިން ކަންކަމާ ވިސްނަން ޖެހޭ މީހުންނެވެ. މާގިނައިން ވިސްނާ ބޯ ގޭނުވުމުގެ ނަތީޖާ އަކަށް ވަނީ މީހާ ޑިޕްރެސަން އަށް ދިޔުމެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފްސު ކުއްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަހަރު ގިނައެވެ. ހަމަ އެފަދައިން ޒުވާން ކުދިން އަމިއްލައަށް މަރުވާން މެދުވެރިވާ އެއްމެ ބޮޑު އެއް ސަބަބަކީވެސް މާ ބޮޑަށް ކަންކަމާ ވިސްނުމުގެ ސަބަބުން ބޯހާސްވެ ހަދާނެ ގޮތް ހުސްވުމެވެ. ނުވަަތަ މާ ބޮޑަށް ޑިޕްރެސަން އަށް ދިޔުމުގެ ސަބަބުންނެވެ.

ޑިޕްރެޝަން ދެނެގަންނާނީ ކިހިނެއް؟

ޑިޕްރެޝަން ނުވަތަ މާޔޫސްވުން ދެނެގަތުމުގައި 3 ވައްތަރެއްގެ އަލާމާތެއް ހުރެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތް ދަށްވުމެވެ. ދެވަނަ ކަމަކީ އަމިއްލަ ނަފްސަށް މަލާމާތްކުރުން ނުވަތަ ބޭނުންނެތް މީހެކޭ ހީވުމެވެ. ތިންވަނަ ކަމަކީ ދެރަވާ މޫޑު އައުމެވެ. މީގެ އިތުރުންވެސް ގުޅުން ހުރި ސިފަތައް ފާހަގަ ކުރެވިދާނެއެވެ. މިސާލަކަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް އިހްސާސް ނުވުން، މޫޑު ބަދަލު ވާންޖެހޭ ދަނޑިވަޅު ތަކުގައި މޫޑު ބަދަލު ނުވުން (އުފާވެރި ވަގުތު ތަކުގައި އުފާވެރިކަން ނެތުން)، އަމިއްލަ ނަފްސު ބޭކާރު ކޮށްލުން، އެއްވެސް ކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތުން، އަދި އަމިއްލަ އަށް މަރުވުމުގެ ހިޔާލު އައުން ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ކަމެއް ހަމަ އެއްފަހަރު ދިމާވާއިރަށް އެއީ ޑިޕްރެޝަން އޭ ނުބުނެވޭނެއެވެ.

ޑިޕްރެޝަން އިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
ރަނގަޅު ކާނާ ކެއުމުގެ ސަބަބުން ތިމާއަށް ހިތްހަމަޖެހުން ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާ ޑިޕްރެސަން އާއި ދުރުވެއެވެ. ބައެއް ކަހަލަ ކާނާއަކީ ތިމާގެ ސިކުނޑި ރަގަނޅަށް މަސައްކަތްކުރުމަށް އެހީވެދޭ ކާނާއެވެ. އެގޮތުން ފެހިކަން ގަދަ އެއްެޗެހި ތިމާގެ ކެއުމުގައި ބޭނުން ކުރުމަކީ ވަރަށް މުހުންމު ކަމެކެވެ.
މާގިނައިން ކަންކަމާ ވިސްނާ ބޯ ހާސްވާ ގޮތް މެދުވެރިވަނީ ނަމަ ކުރަން އެންމެ ރަގަނޅު އެއްކަމަކީ އެވާހަކަތަށް ރައްޓެހިންނާ ހިއްސާކުރުމެވެ. އަދި ގިނައިން އެމީހުންނާއި އެކު ވަގުތު ހޭދަކުރުމެވެ. ސަބަބަކަށް ވަނީ އޭރުން ތިމާގެ ހިތާމައިގައި އެމީހުން ބައިވެރިވެ ތިމާ އުފަލުގައި ބެހެއްޓުމަށް އެމީހުން މަސައްކަތް ކުރާނެތީއެވެ.
ކަސްރަތުކުރުމަކީވެސް ތިމާއަށް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ. ހަމައެފަދައިން ކަސްރަތުކުރުމުގެ ސަބަބުން ތިމާގެ މޫޑް ރަގަނޅުވެއެވެ. އަދި ގިނައިން ކަސްރަތު ކުރުމުގެ ސަބަބުން އެންޑުރޯފިންސް ރިލީސް ވެއެވެ. އެންޑުރޯފިންސް އަކީ އިންސާނާ އުފަލުގައި ހުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މާޒީގައި ހިނގާފައިވާ ދެރަ އަދި ހިތްދަތި ކަންކަމާމެދު ވިސްނުމުގައި ތިބާއަށް ވަގުތު ހޭދަ ކުރެވެނީ ކޮން ވަގުތު ތަކެއްގައިތޯ އަމިއްލައަށް ދެނެ ގަންނާށެވެ. ގިނަ ފަހަރަށް އެވަގުތު ތަކަކީ ޚިޔާލުތަކުގެ ކަނޑުގެ އެންމެ ފުނަށް ގެނބިގެންދާ ވަގުތުތަކަށް ވުމުން ދެން ހުރި އެހެން ކަން ކަމާމެދު ހޭވެރިކަން ކުޑަ ވުމަކީ އަމިއްލައަށް މިކަން ދެނެ ގަންނަން ކުރިމަތިވާ ގޮންޖެހުމަކަށް ވެދާނެއެވެ. ނަމަވެސް ތިބާގެ ޚިޔާލީ ދުނިޔެއަށް ތިބާ ގެނބޭ ވަގުތަކީ ކޮން ވަގުތެއްކަން ދެނެގަނެވެން ފެށިހާ އަވަހަކަށް ތިބާގެ ވިސްނުން ހެޔޮ ގޮތަކަށް ބަދަލު ކުރުމަށް ފުރުސަތު ލިބިގެންދާލެއް އަވަސް ވާނެއެވެ.

ދެވަނަ ކަމަކަށް ހިތާމަތަކާމެދު ވިސްނުމަށް ހޭދަކުރާ ވަގުތުތަކުގައި މާޒީވެ ގޮސްފައިވާ ކަންކަމުން އިބުރަތް ހާސިލްކޮށް ލިބުނު ތަޖުރިބާގެ އަލީގައި މުސްތަގުބަލުގައި ދިމާވެދާނެ މިފަދަ ކަމަކުން ސަލާމަތް ވާނެ ގޮތަކާމެދު ނުވިސްނާނަމަ އެ ވިސްނެނީ ބޭކާރު ވިސްނުމެއް ކަމުގައި ދާންނާށެވެ. ތިބާގެ ވިސްނުމުގެ މިސްރާބު އަބަދުވެސް ބަހައްޓަންވާނީ އަބަދުވެސް ކަންކަމުގެ ހައްލު ހޯދުމާ ދިމާއަށެވެ.

ޑިޕްރެސަންގެ ސަބަބުން އަމިއްލަ ހަޔާތް ގައިދުވެ ގެއްލި ނިމުމުގެ ކުރިން އަމިއްލައިން މިކަމުން އަރައިގުތަމައް މި މަސައްކަތްތައް ކުރެވިދާނެއެވެ. ހަމަ އެއާއެކު މިކަމުން އަރައިގަތުމައް ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންގެ އެއްބާރުލުންވެސް މުހިންމެވެ.

 

ވަރަށް ގަދަ
27%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 18%ހައިރާންވެއްޖެ 18%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: