ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުދަން ކުރުމުގައި ދިމާވި މައްސަލައެއްގައި ޓެސްޓް ކިޓްތަކުގެ ބެޗެއް ބޭނުން ނުކުރެވޭވަރަށް ހަލާކު!

ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އަށް ޓެސްޓު ކުރުމަށް ރާއްޖެއަށް ގެނައި ޓެސްޓު ކިޓުތަކެއްގެ ބެޗެއް ގުދަން ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ހަލާކުވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ގުދަން ކުރުމާއި، ކިޓުތައް ބަހައްޓަން ޖެހޭ ޓެމްޕަރޭޗާރ ނޫން އެހެން ޓެމްޕަރޭޗާއެއްގައި ކިޓުތަކެއް ބެހެއްޓުމުގެ ސަބަބުން ކިޓުތަކެއް ހަލާކުވެފައިވާކަމުގެ އަޑުތަކެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ފެތުރުނެވެ. އަދި އެވާހަކަތާއި ގުޅިގެން ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޓެސްޓިން ކިޓުތަކެއްގައި މައްސަލަތަކެއް ޖެހި އެކަން ބަލަމުން އަންނަ ކަމަށެވެ.

ކިޓުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނީ، އޭގެއިން އެއްބެޗުގެ ކިޓުތަކުން އެކިއުރޭޓު ނަތީޖާ، ނުވަތަ ފުރިހަމަ ނަތީޖާ ނުނިކުންނާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ ސަބަބުން ދިމާވި މައްސަލަތައް ހައްލުކޮށް، ކިޓުތައް ގުދަން ކުރުމުގައި ޒިންމާދާރު ކުރުވަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ މަސައްކަތް އުސޫލުގެ ތެރެއިން ކުރިޔަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް މައްސަލައިގައި ވަކި ފަރާތަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ، އެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މައްސަލަ ޖެހުނީ ޖުމްލަ ކިތައް ކިޓުގައިކަން އަދި ޔަގީނެއް ނުވެއެވެ. އެހެން ނަމަވެސް މައްސަލަ ހުރިކަން ފާހަގަކުރެވުނު ބެޗުގައި 3،000 ކިޓު ހިމެނެއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހުރި ކިޓުތަކަށް ގެއްލުން ނުވާނެހެން ފިޔަވަޅު އަޅާފައިވާނެ ކަމަށާއި، އެ ކިޓުތައް އެސްޓީއޯގެ ސްޓޯރޭޖުގައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

މައްސަލަ ދިމާވާން މެދުވެރިވީ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ މައްސަލަ ޖެހިފައިވަނީ ކިޓުތަކުގެ އިންޓާނަލް ކޮންޓްރޯލުގައި ކަމަށެވެ. އަދި އެސްޓީއޯއާއި އެކީ ކުރި މަޝްވަރާތަކާއި އެކު މި ވަގުތު ހުރި ކިޓުތައް ސްޓޯރޭޖު ކުރަނީ، އޭގެ ތެރެއިން މައިނަސް ޓެމްޕަރޭޗާގައި ބަހައްޓަންޖެހޭ ކިޓުތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގޮތުން މިހާތަނަށް އާއްމުކުރި އެއްވެސް ނަތީޖާއެއްގައި ސުވާލު އުފެދޭ ކަމެއް ނުހުންނާއެވެ. އަދި ރާއްޖޭގައި 20 ދުވަހަށް ބޭނުންވާ 40،000 ރިއެކްޝަން އެބަހުރި ކަމަށް މައުލޫމާތު ދިނެވެ. އޭގެ އިތުރުން މި މަހުގެ ތެރޭގައި އޭޑީބީ ޕްރޮޖެކްޓުން ރާއްޖެއަށް 50،000 ރިއެކްޝަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: