ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުތަކަކާއި ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދުގެ މައްްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް، މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހަށް މި މަހުގެ ހަތް ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށެވެ.

މި މައްސަލާގައި އަލީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައެވެ. ފުލުހުން ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީގެ މަޝްވަރާއާ އެކު ކުރިޔަށްދާ ކަމަށެވެ.

މި ތުހުމަތުތަކާއެކު އަލީ ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކުރުމަށްފަހު ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: