ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑު!

ރައީސް ޔާމީންގެ ލޯޔަލްޓީ ކާޑާއި ދަރިކަލުން ހަވާލުވެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުރަތަމަ ފަހަރަަށް ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑު ތައާރަފްކޮށްފިއެވެ.

ލޯޔަލްޓީ ކާޑު ތައާފްކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން، މިއަދު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ލޯޔަލްޓީ ކާޑު ފުރަތަމަ ލިބިވަޑައިގެންނެވީ އިދިކޮޅު ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމަށެވެ. ރައީސް ޔާމީންގެ ފަރާތުން ކާޑާއި ހަވާލުވެވަޑައިގެންނެވީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހަތަރު ކާޑެއް ވަނީ ތައާރަފްކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ޕީއެންސީގެ ނާއިބްރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، މިކާޑުތަކުން ފެނިގެންދަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގެންނެވި ތަރައްގީގެ ފަލްސަފާގެ މައްޗަށް ބިނާކުރަމުން އަންނަ ތަރައްގީ އާއި ޒުވާނުންގެ އޮނިގަނޑު ކަމަށެވެ. މުޅި ރާއްޖޭގެ ތާރީހު އެއް ފުށުން އަނެއް ފުށަށް ޖެހުމުންވެސް ނުފެންނަ އުމްރާނީ ތަރައްގީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ފެނިގެންދާ ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު ގައުމުގެ ހަމަޖެހުމާއި، އާންމު ފުދުންތެރިކަންވެސް މިކާޑުތަކުން ދޭހަވާކަމަށް ވިދާޅުވިއެވެ.

އިނގެރޭސި ލޭބަރ ކޮންޒަވޭޓިވް ފަދަ ދުނިޔޭގެ ބޮޑެތި ޕާޓީތަކުން މިފަދަ ކާޑުތައް ބޭނުން ކުރަމުން އަންނަ ކަމަށާއި ޕާޓީއެއް ޒަމާނީ ކުރުމަށްޓަކައި ޕީޕީއެމްގެ މިވިސްނުމަކީ އެހެން ޕާޓީތަކަށް ނަގައިދެވުނު ފިލާވަޅެއްކަމަށް ވިދާޅުވިއެވެ.

ހަތަރު ކާޑެއް ތައާރަފްކޮށްފައިވާއިރު، ޕާޓީގެ މަސައްކަތްތަކަށް މާލީ ގޮތުން އެހީވެދިނުމުން މިކާޑު ލިބިގެންދާނެއެވެ. އަދި ކާޑު ނުލިބުނު ކަމުގައިވިޔަސް، ޕާޓީގެ މެމްބަރުކަމުން ވަކިނުވާނެކަމަށް ޕާޓީއިން ބުނެއެވެ. އެއް ކާޑުގައި ވަނީ މެޖެންޓާ ކުލައެވެ. މިއީ ޕީޕީއެމް ކޮމިޔުނިޓީ އެންމެ ރަނގަޅަށް ހާމަކޮށްދޭ ކާޑުކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސިލްވަރ ކާޑާއި ގޯލްޑް އަދި ޕްލެޓިނަމް ކާޑުވެސް ވަނީ ތައާރަފްކޮށްފައެވެ.

މިއީ ޕާޓީގެ އާންމު މެމްބަރުންވެސް އެދި އެދި ތިބިކަމެއް. މިއީ ޕާޓީގެ ލީޑާޝިޕާއި ގުޅާލުމަށް ތައާރަފްކޮށްފައިވާ މެކޭނިޒްމްއެއް.  މިކަމަށް ޚާއްސަ ހޮޓްލައިނެއްވެސް މިހާރު ވަނީ ތައާރަފްކޮށްފައި.

ޕީޕީއެމްއިން ބުނީ، މިއީ ބޭރު ގައުމުތަކުންވެސް ކުރިއަށް ގެންދަމުން އަންނަ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމްގެ ސަބަބުން އާންމު ރައްޔިތުންނާއި ޕާޓީއާ މެދު އޮންނަ ގުޅުން ވަރުގަދަވެގެންދާނެ ކަމަށްވެސް އެޕާޓީއިން މައުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: