ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުވެސް ދެއަހަރު ވެރިކަންކުރިން، މިހާރުގެ ރައީސް މިއަށްވުރެ ހިތްވަރުގަދަ ވާންޖެހޭ: ވަހީދު

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަށްވުރެ ހިތްވަރުގަދަވާންޖެހޭ ކަމަށް ކުރީގެ ރައީސް  ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިހާރު ޕީޕީއެމްގެ ޕޮލިޓިކަލް އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ޑރ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންފައިވަނީ މިއަދު ހަވީރު4 ޖެހިއިރަށެވެ. ފުލުހުންގެ އިދާރާއަށްް ހާޒިރުވުމަށްް އަންގާފައިވަނީ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑްލައިންތަލާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ޑރ ވަހީދު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވަހިދު ވިދާޅުވީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަށްވުރެ ފުދޭ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރަށްވުރެ ހިތްވަރުގަދަވާންޖެހޭ ކަމަށާއި އިދިކޮޅުން އެއްޗެއް ބުނާއިރަށް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އަންގަން ނުޖެހޭނެ ކަމަށެވެ. މިއީ ދިވެހިން ގެނައި ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފު ކަންކަން ކަމަށާއި މިގޮަތށް ކަންކަން ވާނަމަ މިދެވެނީ އަހަރުތަކެއް ފަހަތަށް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުވެސް ދެއަހަރެއްހާ ދުވަހު ގައުމު ހިފަހައްޓަން ދަމަހައްޓަން މަސައްކަތްކުރިން. އެހެންވީމަ މިހާ ދަށު ދަރަޖައަށް އަޅުގަނޑުމެން ވައްޓާލީމާ، އެއީ ރައީސް ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ހާމަވަނީ. އަޅުގަނޑު ފުލުސް އޮފީހަށްވެސް ދެމިދާނެ. އެކަމަކު ދިވެހި ރައްޔިތުންނަށް ފެންނާނެ، އަޅުގަނޑު އެކަނި ނޫންކަން މާސްކް ނެއްޓިފައި ހުންނަނީ

ރާއްޖެއިން އެންމެ ފުރަތަމަ މާސްކް އެޅި ބޭފުޅުންގެ ތެރޭގައި އެމަނކިފާނު ހިމެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެމަނކުފާނުގެ ފޭސްބުކް ޕްރޮފައިލް ބެލުމުން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

އޭޕްރިލް ތިންވަނަ ދުވަހުން ފެށިގެން މާސްކް އަޅަން ފެށި ކަމަށާއި، އޭރު ޑަބްލިއުއެޗްއޯ އަދި އެޗްޕީއޭއިންވެސް މާސްކް އަޅަން ނުޖެހޭކަމަށް ބުނަމުންދިޔަކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް ނަޝީދު “ދެރަދުން” ފޮތް ނެރުއްވި ދުވަހުވެސް އިންނެވީ މާސްކު ނާޅުއްވާ ކަމަށާއި އަދި ދާދިފަހުން އެއާޕޯޓަށް ވަޑައިގެންއިރުވެސް މާސްކު ނާޅުއްވާ ކަމަށެވެ. އެހެންކަމުން، އެމައްސަލަ ނުބަލައި އިހުތިޖާޖުގައި ވާހަކަދެއްކެވުމަށް ފަސޭހައަލަށް މާސްކު ތިރިކުރި ކުރުން އެކަނި މައްސަލައަކަށް ވުމުން މިއީ ސިޔާސީ ކަމެއްކަން ދޭހަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ފުލުސް އިދާރާގައި އިންނެވި ވަގުތު އެސަރަހައްދުގައި އިދކޮޅު ކޯލިޝަންގެ ލލީޑަރުން ވަނީ އަޑުއުފުލާފައެވެ. އެގޮތުން ރައީސް ސޯލިހާއި ސީޕީ މުހައްމަދު ހަމީދުގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ. އަދި އަޑުއުފުލަމުން ދިޔަ ބައިވެރިންނާއި ގާތްވުމުން ފުލުހުން އަންގި ނުލައްވާ ކަމަށާއި ފުލުހުންނަށް ވުމުން އިޖްތިމާއީ ގައިދުރުކަން ބަހއްޓަން ނުޖެހެނީތޯ އަހައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: