ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 29 ގެސްޓުހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 29 ގެސްޓުހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ނ އަތޮޅާއި ކ އަތޮޅުގެ އިތުރުން އއ އަތޮޅު އ އަދި ވ އަތޮޅުގައި ހިންގާ 29 ގެސްޓްހައުސް އަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފަ އެވެ.

އެ ރަށްތަކަކީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ކ. މާފުށި އާއި ކ. ގުރައިދޫ އާއި އއ. މަތިވެރި އާއި އއ.އުކުޅަސް އާއި އއ. ތޮއްޑޫ އާއި ވ.ތިނަދޫގެ އިތުރުން ވ. ފުލިދޫއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: