ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓުކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލަތުގައި މާލޭގެ މަގުމަތީ، އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓުކޮށްފިއެވެ.

ފުލުހުން ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. މި މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި ނަމަވެސް، ކޯޓުން އޭނާގެ ބަންދު އިތުރު ނުކުރުމުން އޭނާ ދޫކޮށްލީ އެވެ. އަދި އެ މައްސަލައިގައި ފުލުހުންނާއި ސަރުކާރަށް ވެސް ފާޑުކިއުންތައް އަމާޒުވިއެވެ.

މައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އިންޑިއާގެ އެ މީހާ ރާއްޖެއިން ޑިޕޯޓުކޮށް، މި މަހުގެ 13 ވަނަ ދުވަހު އޭނާ ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ.

އޭނާ އެރޭ ހައްޔަރު ކުރީ މަސްތުގެ ހާލަތުގައި ހުރެ ބާރަށް ހަޅޭއްލަވައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފާޑު ކިޔުވުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން އޭނާ ވަނީ ފަހުން މައާފަށް އެދިފައެވެ.

ސޯސަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ، އެރޭ ހިނގާދިޔަ އެއްވެސް ކަމެއް އޭނާ ހަނދާނެއް ނެތް ކަމަށެވެ.

އަދި އޭނާގެ ވޮލެޓުވެސް ގެއްލިފައިވާކަމަށާއި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭފަދަ ގޮތަކަށް އޭނާއަށް އަމަލުކުރެވިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް ކުޑައިމިސްކަމެއް ރައްދުވާފަދަ ގޮތަކަށް އޭނާއަށް އެއްޗެއް ބުނެވިފައިވާނަމަ ނިހާޔަތަށް މައާފަށް އެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: