ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި “ފަޅޯ” ގެ ދައުރު ބޮޑު

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސަލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ފަޅޮލުން ލިބޭ ބައެއް ޞިއްޙީ ފައިދާތަކަށް ބަލާއިރު ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައިވެސް ފަޅޯގެ ދައުރު ބޮޑެވެ. ފަޅޮލުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ކުދިކުދި ހިމަ ލޭހޮޅިތަކުގެ ބާރުގަދަކޮށްދީ ލޯފުސްވުން ކުރިމަތިވުން ދުރުކޮށް ދެއެވެ.

ފަޅޮލުގައި ގިނަ މިންވަރަކަށް ވިޓަމިންސް ހިމެނެ އެވެ. އަދި ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޮލުގެ ދައުރު ބޮޑުކަމުން ފަޅޯ ވެފައިވަނީ ގުދުރަތީ ގޮތުން ސަރުބީ އަންދާލަން އޮތް ވަރަށް ރަނގަޅު ކެއުމަކަށެވެ.

ފަހަކަށް އައިސް ހަށިގަނޑު ހިއްކުމަށް ބޭނުންކޮށްފައިވާ ވަރަށް ގިނަ ބޭސްތަކުގައި ފަޅޮލުގެ މާއްދާތައް ހިމަނާފައިވެ އެވެ.
ނަމަވެސް ފަޅޮލަކީ އަލަނާސި ގޮތަށް ވަރަށް ފަސޭހައިން ފީވާ އެއްޗަކަށް ވާތީ ކެއުމުގެ ކުރިން ނުވަތަ ކެއުމުގެ ފަހުން ނުވަތަ ކެއުމުގެ ތެރޭގައި ފަޅޯ ބޭނުން ކުރުމުން ފައިދާ ބޮޑު ވާނެ އެވެ.

ފަޅޮލުގައި ވަރަށް ގިނައިން ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާޢީ ބާރު ގަދަކޮށްދޭ އެއްޗެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ވިޓަމިން ސީ އަކީ އިންފުލުއެންޒާ އޭ، އަރިދަފުސް ރޯގާ، އަދި ނިއުމޯނިޔާ ފަދަ ބަލިތަކުގެ އުދަގޫތައް ކުޑަކޮށް ލުއިކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފަޅޮލުގައި ވިޓަމިން އޭ ހުރުމަކީ ވެސް ދިފާޢީ ނިޒާމް ރަގަޅުކުރުމަށް ލިބޭ އިތުރު ބާރެކެވެ.

ފަޅޮލަކީ ކުޑަކުދިން ދުޅަހެޔޮސިއްޚަތެއްގައި ހެދިބޮޑުވުމަށްވެސް ނުހަނު ބޭނުންތެރި މޭވާގެ ބާވަތެކެވެ.

ފަޅޯ ފަތަކީވެސް ދިވެހިންގެ ތެރޭ ޒަމާނުއްސުރެ ބޭސްވެރިކަމަށް ބޭނުންކުރާ އެއްޗެކެވެ. އަންހެނުން ވިހެއުމާއި ގުޅިގެނާ އަދި ގައިގައި ރިއްސާ ރިއްސުން ރަނގަޅުކުރުމަށް ފެނުކައްކައިގެން ގައި މޮޑެ ހަދާ އެއްޗެކެވެ.

 

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: