ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނުގައި ލުއި ދިނުމަށް ނިންމާ, ގަތަރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގަތަރަށް ދާ މީހުންނަށް ކަރަންޓީނުގައި ލުއި ދިނުމަށް ގަތަރު ސަރުކާރުން ނިންމާ ގަތަރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

މީގެކުރިން ގަތަރަށްދާ ފަރާތްތަކުން ކަރަންޓީނުވާން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ތަންތަނުގައެވެ. މި ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެއިން ގަތަރަށްދާ ފަރާތްތައް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނީ ގޭގައި ތިބެގެންނެވެ.

ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން އެހެން ގައުމުތައް ގްރީން ލިސްޓުގައި ހިމަނަނީ އެގައުމުތަކުގައި ކޮވިޑް ފެތުރޭ ނިސްބަތަށް ބެލުމަށްފަހުއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ހުޅުވާލުމުން އެންމެ ފުރަތަމަވެސް ރާއްޖެ އައިސްފައި ވަނީ ގަތަރުގެ ބޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: