ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަތަރާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން ރާއްޖެއިން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޤަތަރާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން ރާއްޖެއިން ނިންމައިފިއެވެ.

ރާއްޖެ އިން ޤަތަރާއިއެކު ހާރިޖީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރު ޖޫން މަހުއެވެ. ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާ އިން ޤަތަރާއި ހާރިޖީ ގުޅުންތައް ކަނޑާލުމުން ސައުދީ އަރަބިއްޔާއާއި އެއްބައިވުމުގެ ގޮތުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަތަރާއި ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ސުލްތާން ބިން ސާދު އަލް މުރައިޚީ މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގަލްފު ޤައުމުތަކުގެ ބައްދަލުވުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރިއިރު ޤަތަރާއި ގުޅުން ކަނޑާލި އަރަބި ޤައުމުތަކުންވެސް ވަނީ ޤަތަރާއި ގުޅުން ޤާއިމުކުރިކަން އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: