ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޝުއަރަންސް ބިލެއް އައުމަށް ލަސްވެއްޖެ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޝުއަރަންސް ބިލެއް އައުމަށް ލަސްވެއްޖެ ކަމަށާއި އިންޝުއަރަންސް ބިލު ފާސްކުރުމަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ކަމެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޝުއަރަންސްގެ ބިލެއް މަޖިލީހަށް ހުށައަޅުއްވާފައިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒެވެ.

ބިލަށް ބަހުސްކުރައްވަމުން މެމްބަރު ޝަރީފް ވިދާޅުވީ ޕޮލިސީ ހޯލްޑަރުންގެ ހައްގުތަކާއި އިންޝުއަރަންސް ކުންފުނިތަކުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ އަމަލުކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކުދި މުދާތައް ބޮޑެތި އަގުގައި އިންޝުއަކޮށް އިންޝުއަރަންސް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ކަންކަން ދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ލައިފް އިންޝުއަރަންސްއާއި މެޑިކަލް އިންޝުއަރަންސް ފުޅާކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އާސަންދައިގެ ޚިދުމަތްވެސް މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ފްރޯޑްގެ އަމަލުތަކަށްވެސް އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާއިރު އިންޝުއަކުރުމުގެ ހިދުމަތް ފުޅާވުމަކީވެސް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: