ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ވިސްނަންޖެހޭ: ހިސާން

ސުނާމީ ކާރިސާގައި ގެއްލުންވެފައިވާ ރަށެއް ----
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަކީ މުހިންމުކަމެއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ސުނާމީއަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ތަހުނިޔާގެ މެސެޖުގައި ހިސާން ވިދާޅުވީ ގެއްލުންދެނިވި ބާރުގަދަ ސުނާމީއެއް ކުރިމަތިވުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް، ‏ދެމެހެއްޓެނިވި ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަޙްފޫމް ހިމެނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ.

‏ހިސާން ވިދާޅުވީ ޤުދުރަތީ ބިނާވެށި ގެނެސްދެވޭނީ ހުރިހާ ފަންތިއެއްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވިސްނާ، ފަރުދީ ޒިންމާ އަދާ ކޮށްގެންކަމަށެވެ.

2015 ވަނަ އަހަރުގެ ނޮވެމްބަރު15 ވަނަ ދުވަަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަގްވާމީ ސުނާމީއަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ. އދ އިން މިދުވަސް ފާހަގަކުރަން ނިންމި މައިގަނޑު ސަބަބަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކޮށް އެކަމުން އިބްރަތްހާސިލްކުރުމެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް އެރި ސުނާމީގައި ޖުމްލަ ދެލައްކައަށްވުރެ ގިނަމީހުންގެ ފުރާން ގެއްލުފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖޭގެ އެކި ރަށްތަކަށް އެކިވަރަށް ސުނާމީގެ  އަަސަރު ކުރިއިރު، 82 މީހެއްގެ ފުރާނަ ގެއްލި، 24 މީހެއް ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: