ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު އެ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް އެ ކޮމިޓީން ފާހެއް ނުވިއެވެ.
މި މައްސަލާގައި ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އާމިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ ތިން މެންބަރުންނެވެ.
އަދި ފާސްކުރަން ނުފެންނަ ކަމަށް ވެސް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.
އެހެންކަމުން އާންމުކޮށް އޮންނަ އުސޫލުގެ ތެރެއިން ވޯޓްގެ ނަތީޖާ ހަމަހަމަވުމުން ކޮމިޓީ ބައްދަލުވުން ޗެއާ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް ނާސިރުގެ ވޯޓުން ފާސްވީ އާމިރު މުގައްރިރު ކަމުގައި ބެހެއްޓުމަށެވެ.

