ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެމީހާ ފިހާރައިން ވިޔަފާރި ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ އެ މީހާއަކީ މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު، ފައިސާ ދެއްކިކަމަށް ސައްހަނޫން ބެންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
އެ މީހާ އެ މުއާމަލާތް ކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 9790048 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

