ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން މި އަހަރުގެ ނިޔަލަށް ކުއްޔަށް ލުއިދޭން ނިންމައިފި

ގްރޭޓާ މާލެއާއި އެޗްޑީސީ އުވާލައި އާ ކުންފުންޏެއް އުފެއްދުމަށް ނިންމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އަށް ދަކަން ޖެހޭ ކުއްޔަށް ލުއި ދިނުމަށް ނިންމި ނިންމުން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެކުންފުނިން ބުނީ ކޮވިޑާ ގުޅިގެން ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ދޫކޮށްފައިވާ ފްލެޓް، ގޯތި، ރޯހައުސް އަދި ކޯމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް މިދިޔަ އޭޕްރިލް މަހުން ފެށިގެން އިންސްޓޯލްމަންޓް/ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން އަންނަ މަހުގެ ނިޔަލަށް އިތުރު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި، ސިނާޢީ ބިންތަކަށްވެސް މި ލުއި ދިނުމަށް ނިންމާފައި ވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސްކޮށްދެވޭނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 70 ޕަސެންޓަށްވާ ފައިސާ އެ ކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަަނަ ދުވަހާ ހަމައަށް ދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ

ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފްލެޓް، ގޯތި، ރޯހައުސަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ކުރިއަށް އޮތް މަސްތަކުގައި ވެސް އިންސްޓޯލްމަންޓްގެ 30 ޕަސެންޓް ރީފަންޑް ކުރަން ބޭނުންވާ ނަމަ އެކަން އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓް އަނބުރާ ދައްކަން 12 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި މި ފައިސާ އަނބުރާ ދައްކަން ފައްޓަން ޖެހޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާ ހުރެ ގަވާއިދުން ފައިސާ ނުދެއްކި ތިބި ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ. އޭރުން ޑެޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދެވޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ކޯޕަރޭޝަނުގެ ވައިބާ ނަންބަރު 7290448 އަށް މެސެޖް ކުރުމަށް ނުވަތަ covidsupport@hdc.com.mv އަށް އީމެއިލް ކުރުމަށް އެޗްޑީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: