ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫސިޓީއާއި ތިނަދޫއަށް އިންޓަނޭޝަނަލް ކާގޯގެ ޚިދުމަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށޭނެ: ރައީސް

ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއާއި ގދ ތިނަދޫއަށް ކުރިއަސް ދެ ހަފްތާ ތެރޭގައި އިންޓަނޭޝަނަލް ކޯގޯގެ ހިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމ މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ދެމެދު އިންޓަނޭޝަނަލް ކޯގޯ ފެޜީގެ ހިދުމަތް ފެށުމަސް ހަމަޖެހިފައިވާކަން ރައީސް ސާލިހު އިއުލާން ކުރެއްވީ ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ހާސް ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޑިޔާގ ތުތުކޮރމް ބަނދަރުން އައްޑޫސިޓީއަށް އަދި ގދ ތިނަދުއަށް އެސްޓީއޯގެ ސްބަސިޑިއަރީއއް ކަމަށްވާ ދިވހި ރާއްޖޭގެ ޤައުމީ ޝިޕިން ކުންފުނީގެ ކާގޯ ހިދުމަތް ކުރިއަށް އޮތް ދެ ހަފްތާ ޔެރޭގައި ފެށޭނެއެވެ.

އައްޑޫސިޓީއަކީ އިންޓަރނޭޝަނަލް ސީޕޯޓެއް އޮތްތަނެއް ނަމަވެސް ޝެޑިއުލްކޮށް ދަތުރުތައް ނެތުމުން ޢާންމުކޮށް ގިނަ ބާވަތުގެ ކާގޯ މިހާރު ގެންނަނީ މާލެއިންނެވެ. ބައެއް ފަހަރަށް ހިލަހިލަވެލި ފަދަ ބައެއް ސާމާނު ހިފައިންގެން ސީދާ ބޭރުން އެ ޕޯޓަށް މުދާ ގެނައި ނަމަވެސް ގިނަފަހަރަށް އެ ގޮތަށް ގެނެވޭ ތަކެއްޗަކިވެސް ކޮންމެ ވެސް ޕްރޮޖެކްޓަކާ ގުޅިގެން ގެނވޭ ތަކެއްޗެވެ. އެހެން ކަމުން މިހާރު މިފަށާ ދަތުރުތައް ޝޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮޔޭޖްއެއް ފުރިހަމަވާގޮތަށެވެ. އއީ ޓުޓިކޮރިންއިން އައްޑޫސިޓީއަށް އައްޑޫ ސިޓީއިން ތިނަދޫއަށް ތިނަދޫއިން އަނއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.

ރައީސް ވިދާޅުވި ގޮތުގައި  މިޚިދުމަތް ފެށުމާއިކު މި ދެ ސަރަޙައްދުގެ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެެއެވެ. އެއީ އިންޑިޔާއިން ތަކެތި ސީދާ ގެނެވޭގޮތްވުމުން، ފްރްއިޓް އަދި ހޭންޑްލިންގްގެ ޚަރަދުތައް ކުޑަވެ،ގިނަ ތަކެތި ހެޔޮ އަގުގައި ވިއްކޭގޮތްވެ ލިބޭ މަންފާ ބޮޑުވެގންދިއުމުން ކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށީ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުއެވެ. ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ހދ.ކުޅުދުއްފުއްޓަށް އައިސްފައެވެ. ކުޅުދުއްފުއްޓަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: