ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އާދިއްތަ ދުވަހު ބަޖެޓް ރިޕޯޓަށް ބަހުސް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން އާދީއްތަ ދުވަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީގެ ރިޕޯޓް ރޭގެ ވަގުތެއްގައި މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްގައި މިހާރު އާމްދަނީ އަންދާޒާ ކުރާ މިންވަރު 17.8 ބިލިއަން ރުފިޔާއިން 21.2 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދުތަކަށް 209 މިލިއަން ރުފިޔާގެ ދަށްވުމެއް ގެނެސްފައިވާ ކަމަށާއި، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 135 މިލިއަން ރުފިޔާގެ އިތުރުވުމެއް ގެނެސްފައިވާ ކަމަށެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓްގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީންވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: