ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ވަގު ހަދާކަށް ލާހިކެއްނޫން، “ބްރޯ ސްމާޓް” ވާވަރަކަށް މަޖިލިސްވެސް ސްމާޓްވާނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވަގު ހެދުމަކީ ވާނެކަމެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު އިބްރަހިމް ރަޝީދު ވިދާޅުވީ، ޓުއަރިޒްމްގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ބިލަކީ “ބްރޯ” ބިލެއް ކަމަށެވެ. އަދި “ބްރޯ ސްމާޓް” ވާވަރަކަށް މަޖިލިސްވެސް “ސްމާޓް”ވާނެކަމަށާއި ރާއްޖޭގައި ވަގު ހަދާނެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު ވިދާޅުވީ، ރާއްޖޭގެ ބިމެއް ވިއްކާލަންޖެހިއްޖެ ހާލަތެއްގައި ބޭންކް އޮފް މޯލްޑިވްސްއިންް ކަންކުރަމުން އަންނަނީ ބިން ގަތުމުގެ އެއްވެސް ފުރުސަތެއް ދިވެހި ކުންފުނިތަކަށް ނުލިބޭގޮތަށް ކަމަށެވެ. އަދި މައްސަލަ ޖެހޭ ހިސާބަކީ ބިލު ގާނޫނަކަށް ފަރުމާކުރުމަށް ތިބި ބަޔަކީވެސް އަދި ރިޒޯޓުތަކުގެ ވެރިންގެ ގޮތުގައިވެސް އެއްބަޔަކު ތިބުންކަމަށެވެ.

ދާދިފަހުން އެއްބަސްވުމެއް މިހެދީ އިންޓަނޭޝަނަލް ހޮޓެލް ޗެއިނަކާއެކު. އެއްބަސްވުމުގައި އޮތީ މައްސަލައެއް ޖެހިއްޖެނަމަ ހައްލުކުރަން ދާނީ ސިންގަޕޫރު ކޯޓަށޭ. އެކަމަކު ކަމެއް ދިމާވެގެން ސިންގަޕޫރު ކޯޓަށް ގޮސް، މައްސަލަ ނިމެއް ގާތްވެފައި އޮއްވާ މަޖިލީހަށް އައިސް ގަވައިދު މިހަދާލަނީ ރާއްޖޭގެ ކޯޓަކަށް ގޮސް ބާތިލުކޮށްލީ. އަދިވެސް އެގެއްލުމުން ސަލާމަތް ނުވެގެން މިއުޅެނީ

މެމްބަރު ވިދާޅުވީ މިކަމުގެ ސަބަބުންވާ ގެއްލުންތަކަކީ އުމުރުދުވަހަށް ދައުލަތަށް އެކަމުގެ އަސަރުކުރާނެ ކަންކަންކަމަށެވެ.

ބިލު މަޖިލީހަށް ހުށައެޅުއްވި މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަން ހިނގާދިޔަފަދަ ގޮތަކަށް އަލުން ވައްކަމެއް ހިނގާނެ ފުރުސަތު އެފަދަ އެހެން ބަޔަކަށް ލިބޭނެގޮތަށް ހުރި މާއްދާތަކާއި ބާބުތައް ޓުއަރިޒަމާ ބެހޭ ގާނޫނުން އުވާލަން ޖެހޭކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅުކަމަށްވާއިރު، މީގެ ކުރިން ތިބި ބަޔަކު ތިބީ ބިސްތައް ފޭރިގަނެ ހުރިހާ މަންފާއެއް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ބޭފުޅުންނަށް ވާނެގޮތަށް ކަންކަން މަގުފަހިކޮށްގެންކަމަށެވެ.  އަދި ކުރިއަށް އަޮތްތަނުގައި މަންފާއެއް ވިޔަނުދޭން ކޮށްފައިވާކަންކަން ބަލައި އެކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.އަދި ބިލު ކޮމެޓީ މަރުހަލާއަށް ހުށައެޅި، ކޮމެޓީއިން ފާސްވެގެން އަންނައިރު އިތުރަށް ބިލު ފުރިހަމަވާނެކަމަސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސްމާޓެއް ނުވެވުނެއްނު. ކޮބާ ޥެންޓިލޭޓަރު މުލުވަގުން. މަޖިލީހުގައި ތިބީ ހުސްކަނޑުކޮހުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: