ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރަނީ ބެލެހެއްޓޭނެ ގޮތެއް އޮވެގެނެއް ނޫން: ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން އަދިި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރަނީ ބެލެހެއްޓޭނެ ގޮތެއް އޮވެގެންކަމަށް ގަބޫލުނުކުރައްވާކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދިި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވައި ވާހަކަދައްކަވަމުން މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. މިސަރުކާރުން މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް މުހިންމު މަސައްލަތްތަކެއް ކުރަމުންދާކަން ފާހަގަކުރާ ކަމަށާއި އެހެންނަމަވެސް އެތަންތަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައި ނެތްކަމަސް ވިދާޅުވިއެވެ.

ކުޅިވަރު ވަސީލަތްތަކަކީ މާބޮޑު ފައިދާއެތަންތަނުން ނުލިބޭ ތަންތަން ކަމުގައިވިޔަސް، އެތަންތަން ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ނެތްނަމަ، އެފަދަ ތަންތަން ގާއިމްކުރުމަށް ކުރާ ހޭދައަކީ އިސްރާފެއްކަމަަށް ވިދާޅުވިއެވެ. ބިލު ފަރުމާކުރެއްވިއިރު، ބައެއް ކައުންސިލަރުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށާއި ކައުންސިލުތަކަށްވެސް އެތަންތަން ބެލެހެއްޓޭނެ މަގުފަހިކޮށްދީފައިނުވާކަން ކައުންސިލުތަކުން ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިބިލުގައިވާ ގޮތަށް ސްޕޯޓްސް ކޯޕަރޭޝަނާއި ކައުންސިލްތައް ގުޅިގެން އެމަސައްކަތް ކުރެވޭނެ މަގުފަހިވެގެން ދިޔުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ކައުންސިލްތަކަށް އެއްބަސްވުމެއްގެ ދަށުން ސްޕޯޓްް ކޯޕަރޭޝަން މެދުވެރިކޮށް އެރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތް. އެހެންނަމަވެސް އެެއަށް ބާރު ދިނުމުގެ ގޮތުން ބިލުގައި މާއްދާއެއް ހިމަނާފައިވާނެ

މީގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ތަންތަން ބަލަހައްޓަން ފެށުމަކީ ދައުލަތުގެ ބަޖެޓުން އެތައް ތަނެއް ކުޑަވެގެންދާނެ ކަމެއް ކަމަށާއި ބިލު ފާސްވެއްޖެނަމަ އަންނަ އަހަރުގެ ބަޖެޓަށްވެސް ލުއިވާނެކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ  ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތްތަކަކީ ސަރުކާރަށް ކުރެވޭނެވަރުގެ ކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެތަން ގާއިމްކޮށް ބެލެހެއްޓުމަކީ ސްޕޯޓްސް ކޯޕަރޭޝަނާއި ސްޓޭޑިއަމް ތަރައްގީކުރުމަށް ފައިސާގެ އެހީދޭ ފަރާތުގެ ޒިންމާއެއްގޮތަށް އޮތުމަކީ މާ ރަނގަޅުކަމަކަށް ވާނެކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، މިކަން މިގޮތަށް ކޮށްފިނަމަ ސްޕޯޓްސް ކޯޕަރޭޝަނަށް އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވޭނެ ކަމަށާއި އެކި ވިޔަފާރިތައްކޮށްގެން ފައިދާވާން ފެށުމުން ސްޕޯޓްސް ކޯޕަރޭޝަނަށްވެސް ރާއްޖޭގެ ރަށްތަކުގައި ކުޅިވަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުން ހަވާލުކުރަންވީކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރީގެ އުސޫލުން މިކަންކޮށްފިނަމަ، ސްޕޯޓްސް ކޯޕަރޭޝަނަށް ފައިދާވެ ދައުލަތުގެ ބަޖެޓަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް ހަސަންލަތީފު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: