ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.

“ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް” ޝިޢާރުގެ ދަށުން ނީޖަރ ގެ ވެރިރަށް ނިއާމޭގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެޖަމްޢިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވާ، ސިއްހީ، އިޖްތިމާއީ އަދި އިގްސާދީ ދާއިރާއަށް ކޮވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅުތަކެއްގެ ސަބަބުން އިގްތިސާދަށް އޭގެ އަސަރުކޮށްފައިވާކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް19 ގެ ސަބަބުން އޯއައިސީ ގައި ހިމެނޭ ކުދި ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވާ، އެ ގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުގައި ޖީ-20 ގެ ޤައުމުތަކަށް ޤައުމުތަކުން ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވަރކްއާ ހަމަޔަށް ދިޔުމާ ގުޅިގެން އެކަމަށް ޝާހިދު މަރުޙަބާ ވިދާޅުވިއެވެ. އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީ ގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް ޝާހިދު ގޮވާލެއްވިއެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަމަށް ޝާހިދު ވަނީ ވާހަކަ ދައްކަވާފައެވެ.

މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަމާއި، އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ޝާހިދު ތަކުރާރުކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ޝާހިދު ވާހަކަ ދެއްކެވިއެވެ. އަދި
ސުލްޙަވެރި ކަމާއި އެކު އެންމެންގެ ބައިވެރިވުން އެކުލެވޭ އުއްމަތެއްގެ ގޮތުގައި ދެމި އޮތުމަށް މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، އޯއައިސީގެ ވިމެންސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ދިވެހިރާއްޖެއިން މިދިޔަ އަހަރު ބައިވެރިވެ، އެޖަމްއިއްޔާގެ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި މިއަހަރު އޮކްޓޯބަރު މަހު ދިވެހިރާއްޖެއިން ބައިވެރިވިކަމަށް ޝާހިދު ވިދާޅުވި އެވެ.

އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ހާރިޖީ ވަޒީރުންނާ މިނިސްޓަރވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ދަ ގެމްބިއާ، ތުރުކީވިލާތް، ޕާކިސްތާން، އަފްޣާނިސްތާން، މޮރިޓޭނިއާ އަދި ސެނެގާލްގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: