ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފް: ސިނަމޮން ބޭކްސްއާއެކު, ހުވަފެން ހަގީގަތަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޒުވާނުންގެ ތެރޭގައި ފަންނުވެރި, މަސައްކަތްތެރި އެތައްބަޔަކު ތިބި ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ހުވަފެން ހަގީގަތަކަށް ހެދުމައްޓަކައި, އެތަކެއް ހުރަސްތަކެއް ގިރާކުރަމުން އައިސް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންދާ ދިވެހި ޒުވާނުން އެތައް ބައިވަރެއް އެބަތިއްބެވެ.

މި ލިޔުމުގައި އަޅުގަނޑުގެ ގަލަމުގެ ތުޑު މި އަމާޒު ކޮށްލަނީ ކ.މާލެއަށް އުފަން އުމުރުން 25 އަހަރުގެ މަރިޔަމް ނަފްޙާ ޝާތިފް (ނަފް) އަށެވެ. ނަފް އޭ ބުނުމުން ނޭންގުނަސް “ސިންމޮން ބޭކްސް” އޭ ބުނުމުން ގިނަބަޔަކަށް އެނގޭނެކަން ޔަގީނެވެ.

https://www.instagram.com/p/CB8Y1mxpHom/?igshid=12b394ogv3g83

އިންސްޓަގްރާމް ގެ އިތުރުން ފޭސްބުކްގައި ވެސް “ސިނަމޮން ބޭކްސް”ގެ ނަމުގައި އެކި އެކި މުނާސަބާތަކަށް ހާއްސަ ކޮށްގެން ކޭކުއެޅުމާއި, ޑެޒާޓް ޓޭބަލް ތައްޔާރުކުރުމުގެ މަސައްކަތް ކުރާ ނަފް އެ މަސައްކަތް ފެށުނުގޮތް “ސަންގު” އާއި ހިއްސާކުރަމުން ބުނީ އަބަދުވެސް އެކިކަހަަލަ ޑެޒާޓްސް އަދި ކޭކްސް ހެދުމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

“އެކިކަހަލަ އެއްޗެހި ހަދާފައި މީހުންންނަށް ރަހަ ދެއްކީ ފުރަތަމަ, ދެން އެންމެންނަށްވެސް މީރު ވެގެން ފެމެލީ އެންޑް ފުރެންޑްސް ގެ ރިކުއެސްޓަކަށް ބިޒްނަސް އެއްގެ ގޮތަށް ފެށީ” މި މަސައްކަތް ކުރާތާ މިހާރު 2 އަހަރުވެފައިވާ ނަފް ބުންޏެވެ.

ސިނަމޮން ބޭކްސް އިން އެކިކަހަލަ ކޭކްސް އެޅުމާއި ޑެޒާޓް ޓޭބަލް ތައްޔާރު ކުރުމުގެ ހިދުމަތް ދެމުން އަންނައިރު ނަފް ގެ އެންމެ ބޮޑު އުންމީދަކީ ސިނަމޮން ބޭކްސްގެ ނަމުގައި ކެފޭއެއް ހުޅުވާލުމެވެ.

މީގެ އިތުރުން ނަފް އަންނީ ސިނަމޮންބޭކްސް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ލޯޔަލްޓީ ކާޑެއްވެސް ދެމުންނެވެ.

ނަފް ބުނީ މި ދާއިރާއިން ކުރިޔައް ދިއުމައް ލިބޭ އެންމެ ބޮޑު ސަޕޯޓް އަކީ އާއިލާއާއި ރައްޓެހިން ކަމަށެވެ.

“ފިރިމީހާގެ އިތުރުން ފެމެލީ އަދި ރައްޓެހިންގެ ފަރާތުން ވަރަށް ސަޕޯޓް ލިބޭ , ހާއްސަކޮށް މަންމަ އަދި ބައްޕަގެ އިތުރުން ކޮއްކޮ ނަބްޙާ, އެ އެއްމެންނައްވެސް ވަރަށް ބޮޑަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން” ނަފް ބުންޏެވެ.

ސިނަމޮން ބޭކްސް ގެ ކަސްޓަމަރުން ފަރާތުން ލިބެމުންދާ ތައުރީފް އެއީ ނަފް ބުނިގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

o

މި މަސައްކަތުގެ އިތުރުން, ނަފް އަކީ ރިވައިވް ފިޓްނެސް ގެ ޕާސަނަލް ޓްރެއިނާއެކެވެ.

ނަފް ވަނީ މި ފުރުސަތުގައި އެދާއިރާއިން ކުރިއަށް ދިއުމަށް ރިވައިވް ފިޓްނެސްގެ ވެރިޔާ ނޫރާ އިބްރާހީމް ކޮށްދޭ މަސައްކަތްތަކުގެ އިތުރުން އެތަނުގެ އެހެން މަސައްކަތް ތެރިން ކޮށްދޭ މަސައްކަތްތައް ފާހަގަކޮށް އޭނާ އަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.

 

ވަރަށް ގަދަ
8%ވަރަށް ގަދަ 92%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: