ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނެގި ދެމީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެ ދެމީހުން ހޯދަން ފުލުހުން ވަނީ ވީޑިއޯއެއް އާއްމުކޮށްފައެވެ
ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެމީހުންނަކީ މާފަންނު ދުވާޓްރެކް ކައިރި ގޯޅީގައި އޮތް ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

