ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމަ ހައިރާންވޭ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ވެރިން އަހުމަދު އަދީބު ކަހަލަ މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމަ ހައިރާންވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ނަމަވެސް މާލާ ގައި ދިރިއުޅުއްވުމަށްފަހު މިހާރު އަދީބު ވަނީ ހުޅުމާލޭ އަމީން އެވެނިޔު ގައި ހުރި ފްލެޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. މިކަން ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ޚިޔާނާތްވި މީހުން އެތިބީ ހުކުމަށްފަހުވެސް އަރާމުގައި އަމިއްލަ ގޭގައި ކަމަށާއި 800 އަހަރުގެ ހުކުމްވެސް ބަދަލުވެއްޖެ ކަމަށެވެ.

“ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު އެބައޮތްބާ؟ ހައިރާންވަނީ ޤައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ. މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟ މިއީ ހުސް ރަައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން.” ޖަމީލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގެ ބަދަލު ވެފައިވަނީ މާލޭގައި ދިރިއުޅުއްވަމުންދިޔަ ގެއިން ނިކުންނަށް ޖެހި ވަޑައިގަތުމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ވަނީ ސާބިތުވެ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: