ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއިފިލަނޑާ ނެގުމަށް ލައިސަންސް ނަގަންޖެހޭ ގޮތަށް އުސޫލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުއިފިލަނޑާ ނެގުމަށް ޚާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލައި ރާއްޖޭގައި ހުއިފިލަނޑާ މަސްވެރިކަން ކުރުމުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގެޒެޓްކޮށްފައިވާ އުސޫލުގައިވަނީ ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު އަދި ވިތާފާރީގެ ބޭނުމަށް ހުއިފިލަނޑާ ޕްރޮސެސްކުރާ ފަރާތްތަކުން ލައިސަންސް ނަގަން ޖެހޭނެއެވެ.

ހުއިފިލަނޑާގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިގްތިސާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު ބެލެހެއްޓުން ކަމަށް ފިޝަރީޒްއިން މައުލޫމާތުދެއެވެ. އަދި މަސްވެރިކަމުގެސިނާއަތް ތަރައްގީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ގާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެ ނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ މަސްވެރިންނާއި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ އަދި އިގްތިސާދީ ރައްކާތެރިކަން
ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެއްކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެ އުޅަނދުތަކުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި، ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މައުލޫމާތުގެ ބޭނުން ކުރެވޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިގޮތުން، ހުއިފިލަނޑާގެ މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ހުއިފިލަނޑާގެ މަސްވެރިކަމުގައްޔާއި ހުއިފިލަނޑާގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތައް ލައިސެންސް ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ހުއިފިލަނޑާ މަސްވެރިކަމުގެ ވިޔަފާރީގެ ރިކޯޑްތައް ބެލެހެއްޓުމަށްވެސް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެގޮތުން، ލައިސެންސް ލިބިގެން މަސްވެރިކަންކުރާ ފަރާތްތަކުން މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މައުލޫމާތު ފޮނުވުމާއި، ހުއިފިލަނޑާ ގަނެފައިވާގޮތުގެ ޕަރޗޭސް ރިޕޯޓާއި އެކްސްޕޯޓުކުރާ ފަރާތްތަކުންވެސް ޕަރޗޭސް ރިޕޯޓު ފޮނުވަންޖެހޭނެކަމަށް މިނިސްޓްރީގެ ޕްލޭންގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: