ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީގައި އޮންނަ ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖެއިން މީގެ ކުރިން ބައިވެރިވި ފެއަރއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގައި އޮންނަ ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް އެކްސްޕޯ އަކީ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އިންޓަނޭޝަނަލް އެކްސްޕޯއެވެ. ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ ވޯލްޑް އެކްސްޕޯ މިފަހަރު ބާއްވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސްގަ އެވެ. މިއީ، ވޯލްޑް އެކްސްޕޯއެއް މެދުއިރުމަތީ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މިއެކްސްޕޯ ގައި ބައިވެރިވުމަށް، ޔުނައިޓަޑް އަރަބް އެމިރޭޓްސް އިން ދިވެހިރާއްޖެއަށް ދެއްވި ދަޢުވަތު ގަބޫލުކުރައްވައި އެކްސްޕޯ 2020 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ޕަރޓިސިއޭޝަން ކޮންޓްރެކްޓްގައި ވަނީ ސޮއިކުރައްވާފައެވެ. މިއީ ވޯލްޑް އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާ 4 ވަނަ ފަހަރެވެ.

މި އެކްސްޕޯ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮކްޓޫބަރު މަހު ކަމުގައި ވީނަމަވެސް، ކޮވިޑް-19އާއި ގުޅިގެން، އެކްސްޕޯ މިހާރު ވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައެވެ.

އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިސްވެ، މިނިސްޓްރީ އޮފް ޓޫރިޒަމް އާ ގުޅިގެން މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ހަ މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ އޮންނާނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ދުބާއީ ގައެވެ. މި އެކްސްޕޯ އަކީ، ރާއްޖޭގެ ޓޫރިޒަމް، ސަޤާފަތާއި އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަކުރަމެވެ. މީގެ ތެރެއިން، ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް ޙާއްސަ ފުރުސަތުތަކާއި ދިވެހި ފަންނާނުނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް ވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

މި އެކްސްޕޯގައި 193 ގައުމަކުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 25 މިލިއަން މީހުން މި އެކްސްޕޯއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އެކްސްޕޯ 2020ގެ ތީމަކީ ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗާރ އެވެ. އެކްސްޕޯގެ ސަބް ތީމްސް ތަކަކީ، އޮޕަޗުނިޓީ، މޮބިލިޓީ އަދި ސަސްޓެއިނެބިލިޓީ އެވެ. ދިވެހިރާއްޖޭގެ ޕެވިލިއަން ބިނާވެފައިވަނީ ސަސްޓެއިނެބިލިޓީ ތީމް ގެ ދަށުންނެވެ.

އެކްސްޕޯ 2020 ގައި ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕޯ 2020 ވެބްސައިޓް (www.expo2020maldives.gov.mv) އަދި މީސްމީޑިއާ އެކައުންޓް ތަކުންނާއި އީމެއިލް މެދުވެރިކޮށް މައުލޫމާތު ލިބެންހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: