ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ ކޮވިޑަށް ފަރުވާދިނުމުގައި ދިވެހިންނާއި، ބިދޭސީން ތަފާތު ނުކުރުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަންޖެހިފައި ވަނީ ގުދުރަތީ ބޮޑު ކާރިސާއެއްގެ ތެރެއިން ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމިތަކުގައި ފެތުރެމުން ދާ ކޮވިޑު-19 ގެ ސަބަބުން ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަނގަޅު ކާނާއާއި، ސާފު ބޯ ފެން، އަދި ބޭސްފަރުވާގެ ހިދުމަތްފަފަ ދިރިހުރުމުގެ އިންސާނީ ހައްގުތަކާއި ގުޅިފައިވާ ކަންކަމުން އެތައް ބަޔަކު މަހުރޫމްވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގައި ވެސް، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުން އަދި އެ ނޫން ވެސް އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ބައެއް ފަރާތްތައް އެބަތިބިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހި ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތް ކުރިޔަށް ގެންދިޔައީ އެއްވެސް ބައެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި ކަމަށެވެ. ބަލިޖެހޭ މީހުންނަށް ފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ބައްޔަށް ހުށަހެޅޭ މީހުން ކަރަންޓީނުކޮށް އައިސޮލޭޓު ކުރުމުގައި ރާއްޖޭގެ ރައްޔިތުންނާއި އެއްވެސް ބިދޭސީއަކާއި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ބަލިން ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރީ އިންސާނީ ހައްގުތަކަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، ގައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި، އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި، ބަލި ނައްތާލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ކޮވިޑާއި ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭހުގެ ބާވަތްތައް، ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، އުސޫލެއް އޮންނަން ޖެހޭނެ ކަމަށް އެމަނިކިފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: