ސިވިލް ކޯޓުގެ ރަޖިސްޓްރާ ކަމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ.
އެގޮތުން މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ށ.މާއުނގޫދޫ، ރޯޒްލީން އަލްއުސްތާޛު ޢަބްދުއްސަލާމް އެވެ.
އަލްއުސްތާޛު ޢަބްދުއްސަލާމް މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ބޭފުޅާ އެ ކޯޓުގެ ގާޒީ ކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

