ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި އަލަށް އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ އަޅުއްވައިދެއްވައިފިއެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި ޑިސެންބަރު 15 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެ އުމްރާނީ ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޅ. މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރިއެވެ.

މި އިމާރާތުގެ ބިންގާއެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ އާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: