ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކެމްޕެއިނަށް އައްޑޫ ހިތަދޫ ޕޯޓްސްގެ، މުވައްޒަފުން ބޭނުން ކުރުމުން ދައުވާ ކުރަނީ!

އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މުސާރަ ލިބޭ ގޮތަށް މުވައްޒަފުންތަކެއް ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކް މޯޑު) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

އޭސީސީއިން ތަހުގީގު ކުރި މި މައްސަލައަކީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށް ބުނާ މައްސަލައެކެވެ. އެކަމާއި ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ އަމަލު ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުހައްމަދު ރަޝީދު ކަމަށެވެ.

ތަހުގީގަށް ފާހަގަ ކުރެވުނު ކަންތަކާއި ގުޅޭގޮތުން އޭސީސީއިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައް ބަލާއިރު 2018 ވަނަ އަހަރުގެ ޖޫން 19 ގައި މުހައްމަދު ރަޝީދު ކުންފުނީގެ އެސިސްޓެންޓް އެޗްއާރު މެނޭޖަރަށް ފޮނުވާފައިވާ މެމޯގައި އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 16 މުވައްޒަފަކު ކުންފުނީގެ ބޭނުނަކަށް ވީލައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށް މުސާރައާއި އެލަވަންސައް ދީފައިވާކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް މުވައްޒަފުންނަށް ދިން ރިލީޒް އަކީ، މުވައްޒަފުންނަށް ރިލީޒް ދިނުމުގައި އަމަލު ކުރާ އުސޫލާއި ހިލާފު ކަންތަކެއް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި، ހާޒިރީ ބަލާ ސިސްޓަމަށް ބަދަލުގެނައުމަށް، މުހައްމަދު ރަޝީދު ތަނުގެ އައިޓީ މުވައްޒަފުންނަށް އެންގިކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

” އެހެންކަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުވެސް ހިމެނޭގޮތަށް ރިލީޒްދީފައިވަނީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު (ވެލްކަމް / ސ.ހިތަދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށްވާތީއާއި، އޭނާގެ އެ ޢަމަލަކީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު) ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއްކަމަށްވާތީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު (ވެލްކަމް / ސ.ހިތަދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ.” އޭސީސީ

އޭސީސީއިން ބުނެފައިވަނީ މުހައްމަދު ރަޝީދުގެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއް ކަމަށެވެ. އަދި މައްސަލައިގައި ކުރި ތަހުގީގަށްފަހު އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ފޮނުވާ ކަމަށެވެ.

މުހަައްމަދު ރަޝީދު މަގާމުން ވަކިކޮށްފައިވަނީ ސަރުކާރު ބަދަލުވެ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެއަށްފަހު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަ ކުރައްވާފައެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބުވުން ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހު އައްޑޫގައި އިދިކޮޅު ހަރަކާތްތަކުގައި އިސްވެ ހަރަކާތެރިވާން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މުހައްމަދު ރަޝީދަކީ މިވަގުތު އައްޑޫ ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: