ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ނުލިބޭނަމަ ކޯޓަށް ދާނަން: އިދިކޮޅު

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އިސްވެރިންނާއި އެއްގޮތަށް، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭނަމަ، ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ބުނެފިއެވެ.

ކެމްޕެއިންގެ ހަރަކާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުގެ އިސްވެރިންނާއި، ކުންފުނިތަކުން ކުރިޔަށް ގެންދާ ތަފާތު އެކި މަސައްކަތްތަކާއި ގުޅުވާ ދަތުރުތައް ކުރަމުންދާއިރު އެއީ ކެމްޕެއިން ދަތުރުތަކެއްގެ ގޮތުގައި އިދިކޮޅުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އެއްގޮތަށް، އިދިކޮޅު ޕީޕީއެމް އަށް ވެސް ކެމްޕެއިން ކުރިޔަށް ގެންދިއުމުގެ ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮވިޑުގެ ސަބަބުން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ކެމްޕެއިނަށް ސަރުކާރުން ހުރަސްއަޅަމުން ގެންދާކަމަށް ބުނެ އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން ދަނީ، ސަރުކާރުގެ މަސައްކަތްތަކަށް ކަމަށް ބުނެ ކެމްޕެއިން ދަތުރުތައް ކުރަމުން ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް، އާއި ޕީއެންސީއަށް ގައިޑްލައިންތަކުގެ ދަށުން ވެސް އެފަދަ އެއްވެސް ފުރުސަތެއް ނުދޭކަމަށް ހީނާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މިއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެކަން ގަބޫލެއް ނުކުރާކަމަށް ހީނާ ވިދާޅުވިއެވެ. އަދި ހަމަހަމަ ފުރުސަތު ނުލިބޭނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ގާތްވަމުން އަންނައިރު، އިދިކޮޅުން ރަށްތަކުގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ރަށްތަކަށް ދާން ބޭނުންވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތީން ޕާޓީގެ ލީޑަރުން ރަށްތަކަށް ދަތުރުކުރުމާއި، އަދި ކެމްޕެއިން ކުރުމުގެ ހުއްދަތައް ދިނުމަށް އެދި ސިޓީތައް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް ހުށަހަޅާފައިވާނެކަން ހީނާ ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭއިން އިދިކޮޅުގެ ސިޓީތަކަށް ރައްދު ނުދޭކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އެޗްޕީއޭ ސިފަ ކުރެވެނީ ސަރުކާރު ވެއްޓިޔަނުދީ ހިފަހައްޓާ ބައެއްގެ ގޮތުގައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅާއި، ލ އަތޮޅަށް ކުރެއްވި ދަތުރު އަދި ނައިބް ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އާއި، ފުވައްމުލައްއަށް ކުރެއްވި ދަތުރު ފާހަގަކުރައްވާ ހީނާ ވަނީ އެ ދަތުރުތަކުގައި ސަރުކާރުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޕާޓީއަށް އެޗްޕީއޭއަށް އެއްވެސް ޖަވާބެއް ނުދިނުން ކަމަށާއި، ސަރުކާރުގެ އިސްވެރިންނަށް ފަސޭހައިން ހުއްދަތައް ދޫކުރުން އެއީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: