ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ވަކީލު ބައްދަލުވުން ވެސް ހަނގުރާމައަކަށް، ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު: ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރުން އެއީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައިވާ ކަމަށް އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑަރ ކުރެއްވި ކަމުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިތާ މިދިޔަ ނޮވެމްބަރު މަހު ވަނީ އެއް އަހަރުވެފައެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ އެއް މިލިއަން ޑޮލަރުގެ ފަސް ގުނަކަމަށް ވާ ފަސް މިލިއަން ޑޮލަރު ވެސް ދައްކަން ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި އެކު، އެއީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ޓީމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިމި ހުލާސާ ބަޔާން ވަނީ އިއްވާފައެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، މައްސަލައިގެ ހުކުމްކޮށް ދިގުލައިގެން ދާތީ އެކަމާ އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަދި ގާނޫނީ ޓީމުން ވެސް ދަނީ ނުރުހުންފާޅު ކުރަމުންނެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތަކެއްކޮށް، ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށާފައިވާއިރު މައްސަލައިގައި ނުރުހުންފާޅުކޮށް ދާދިފަހުން ވަކީލުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އަދި ވަނީ، ރައީސް ޔާމީނާއި މެދު އަމަލު ކުރަނީ ތަފާތު ގޮތްތަކަށް ކަމަށާއި، ރައީސް ޔާމީނާއި ހަމައިން އުސޫލުތައް ވެސް ބަދަލު ކުރާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުންތަކަށް ހުރަސް އަޅާފައިވަނީ ކޮވިޑުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި، ބައްދަލުވުންތަކަށް ދާއިރު ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ބޭނުންވާނެ ކަމަށް ވަކީލުންނަށް ވަނީ އަންގާފައެވެ. ރައީސް ޔާމީނާއި ބައްދަލު ކުރުމަށް މާފުށިއަށް ވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ  ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ވާ ކަމަށެވެ. އެގޮތުން މި މަހު 6 ގައި ކޯޓްގައި ކުރިޔަށް ގެންދިޔަ އަޑުއެހުމަށް ފަހު ސަރުކާރުން އެތައް ހުރަސްތަކެއް ކުރި ނަމަވެސް ވަކީލުންގެ ބައްދަލުވުން އެންމެފަހުން ބޭއްވިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ވަކީލުންގެ ބައްދަލުވުމަކަށް މިފަދައިން ހުރަސްއަޅާނަމަ، އެއީ ޑިމޮކްރަސީއަށް ވެސް ހުރި ހުތުރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއީ އަދުލު އިންސާފައި، ގާނޫނީ އަދި އިންސާފުން ބޭރުވެގެން ހިންގާ އަނިޔާވެރި އަމަލުތަކެއް ކަމަށް ތުހުމަތުކޮށް، ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްއަކީ ބޭނުންހާ ގޮތަކަށް ދައުވާތައް ފަރުމާ ކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ، ދައުވާތަކަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާ ކަންކަމަށް ވަކީލުންނާއި މަޝްވަރާކޮށް ވާހަކަ ދައްކަން ވެސް ބޭނުންވާނެ ކަމަށާއި، އެހެން ކަމުން އެއްތަނެއްގައި ތިބެގެން ޝަރީއަތް ކުރިޔަށް ގެންދިއުމަށް ރައީސް ޔާމީން އެދިފައި ވެއެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުއެވެ. އެއީ އިބްތިދާއީ އަޑުއެހުމެކެވެ. އަދި އޭގެ ކުރިން ލިޔެކިއުން ނުލިބޭނަމަ، ކޯޓަށް ހުށަހަޅަން ގާޒީ ވިދާޅުވިއެވެ.

ޖަމީލް ވަނީ ރައީސް ޔާމީންގެ މައްސަލަ ކްރިމިންލް ކޯޓުގައި ވެސް ކުރިޔަށް ގެންދަން މަސައްކަތް ކުރަނީ އަވަސް އަރުވާލައިގެން ކަމަށް ވިދާޅުވެފައެވެ. ހިޔާނާތުގެ މައްސަލައިގައި އެތައް ބަޔަކަށް ތުހުމަތު ކުރެވޭއިރު، އެކަމުގެ ދައުވާތައް ރައީސް ޔާމީންގެ މައްޗަށް ކުރިޔަށް ގެންދަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މައްސަލައިގެ ތުހުމަތުގައި ހުކުމް އިއްވާފައިވާ މީހުންނަށް ވަކި ގޮތަކަށް އަމަލު ކޮށްގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: