ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވަބާގައި ޖީލެއް ހަލާކުވެ ނިމިދަނީ!

ފުލުހުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިވޭތުވެ ދިޔަ މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން އެންމެ ބޮޑަށް ފެނުނު އެއް ވާހަކައަކީ ރާއްޖޭގައި މަސްތުވާތެކެތީގެ ވަކި ހިއްޕާލާފައިވާ މިންވަރެވެ. އެތައް ޒަމާންވެފައިވާ މި މައްސަލައިގެ ހައްލަކީ ތާ އަބަދު ޖަލު ގޮޅިއެއްގެ ތެރޭގައި ބޭއްވުމެއް ނޫންކަން އެއީ މިއަދު ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ. ސަބަބަކީ، ތޭރިއެއްގެ ތެރޭ އަހަރުތަކެއް ވަންދެން އެ މީހާ ބޭއްވުމަކީ އެއީ، މަސްތުވާތެކެތީގެ ވަބާއިން ސަލާމަތް ވާނެ ސަބަބަކަށް ނުވާތީއެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ ބޮޑު ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރި ކުރިއެވެ. އަދި އެތަނަށް ހާޒިރުވި ނޫސްވެރިންގެ ކޮންމެ ރިޕޯޓަކުން ވެސް ހިތަށް އަރަނީ، މި ގައުމު މިހާލަތަށް ދާން ބަޔަކު ދޫކޮށްލި ސަބަބަކީ ކޮބައިތޯއެވެ. މިއަދު މަސްތުވާތެކެތި ބޭނުން ކުރުމަށް “ކެފޭ” އުސޫލުން ހަދާފައި ހުރި ތަންތަން އެބަހުއްޓެވެ. އެހެން ނަމަވެސް، އެތަންތަނަށް ވަދެ ބަޔަކު ހައްޔަރުކުރުމަކުން އަދި މައްސަލަ ހައްލުވީކަމަށް މުވައްސަސާތަކުގެ ވެރިން ގަބޫލުކޮށްގެން ނުވާނެއެވެ.

ޖީލެއް ހަލާކުވެދަނީ މަސްތުވާތަކެތީގެ ހާއްޔެއްގެ ތެރޭގައެވެ. ދިރިއުޅުމުގައި ނާއުންމީދުތަކެވެ. މި ނުރައްކާތެރި ވަކިތަކުން މީހާ ކިތަންމެ ސަލާމަތް ވާން ބޭނުންވިޔަސް އެ ދޮރު މަގުފަހިވެފައި ނެތް ނަމަ އެނބުރި ދާން އޮތީ ހަމަ “ކެފޭ” ތަކުގެ ތެރެއަށެވެ.

މާލެ ތެރޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެތައް ބަޔަކު އެބަތިއްބެވެ. ހައިރާންވާން ޖެހޭ އެއްކަމަކީ މި ވިޔަފާރި ފުޅާކޮށް ހިންގާ ގިނަ މީހުންނަކީ “ސާފު” މީހުންނަށް ވުމެވެ. އެ މީހުންނަކީ އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެއް ނޫނެވެ. އެ މީހުންގެ ދައުރަކަށް ވެފައި އޮންނަނީ އެތެރެ ކުރާ މަސްތުވާތަކެތި މަގުމަތީ އަގުތަކުގައި ވިއްކާ އޭގައިން މަންފާ ނެގުމެވެ. މި ގެތަކުގެ ހާލަތަށް ބަލާއިރު، ބައެއްތަންތަނުގައި ސާފުތާހިރުކަމެއް ނުހުރެއެވެ. އަދި ގެއަށް ވަދެ ނިކުތުމުގައި ސެކުއުރިޓީ ވަރުގަދަކޮށްފައި ވެއެވެ. ގޭގެ އެތެރޭގައި، ސޯފާތައް އަދި ޓީވީ ބަހައްޓާފައި ހުރެއެވެ. އާއްމުގޮތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަމުގެ ނިޝާންތައް ވެސް ހުރެއެވެ.

މަސްތުތާކެތީގެ ހިދުމަތް ދޭ ގެތަކުގައި، އެ ބޭނުން ކުރުމަށް ވަކި ތަންތަން ހާއްސަކޮށްފައި ހުރެއެވެ. ގޭގެ ސެކުއުރިޓީއާއި އެކު، އެ ގެއަށް ވަދެ ނިކުމެ އުޅޭ އެންމެންގެ މައުލޫމާތުތައް އެ މީހުން އެއްކުރެއެވެ. އަދި ދޭންޖެހޭ ފައިސާތަކުގެ ތަފްސީލުތައް ވެސް ލިޔެ ބަހައްޓައެވެ.

ލޮނު ސިޓީ" މަސްތުވާތަކެތީގެ ހިދުމަތް ދިން ބޮޑު މޯލްއެއް! | | Sangu News
މަސްތުވާތަކެތީގެ ހިދުމަތްތައް ދެމުން ގެންދިޔަ ލޮނު ސިޓީ/ ފޮޓޯ: ސަން

ތަނުގައި މީހާ އަމަލު ކުރަންޖެހޭ ގޮތާއި، ކޮންމެ މީހަކު ވެސް މަސްތުވާތަކެތި ބޭނުންކޮށް ނިމުމާއި އެކު ތަންދޫކޮށް ދާން ޖެހެއެވެ. އަދި ތަނުގެ ތެރޭގައި ތިބޭ މީހުން ގާތު ފައިސާއަށް ބުނުމާއި، އަދި އެ ނޫންވެސް ކަންކަމު ބުނުމަކީ އެއީ މަނާކަމެއްގެ ގޮތުގައި ބުނެއެވެ.

އެތައް ޒުވާނެއްގެ ގައިން ބާރު ކެނޑި، އާއިލާއަށް ރަނގަޅު ދިރިއުޅުމެއް ނުލިބެއެވެ. މައިންބަފައިން އުޅެންޖެހެނީ ބިކަހާލުގައެވެ. ފަރުވާއެއް ނުލިބި، މުޖްތަމައުގައި އުޅެވޭނެ ގޮތެއް ނެތްއިރު، އެ ނިޒާމެއް ރާއްޖޭގައި އެންމެ އެކަށީގެންވާ މިންވަރެއްގައި ނެތެވެ. މަސްތުވާތެކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަލުން އަނބުރާ މުޖްތަމައުއަށް ގެނައުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި އެވެ. އެހެން ނަމަވެސް ސެންޓަރުގެ ފަރުވާއަށްފަހު ވެސް، އަނެއްކާވެސް މި އާދައިގެ ތެރެއަށް ވަދެވެއެވެ.

މި މަރުހަލާގެ ތެރޭގައި، ބައެއް މީހުންނަކީ އެއީ މުޖްތަމައުގެ ތެރޭގައި އުޅެމުން ވަކި މުއްދަތެއް ވަންދެން ސެންޓަރަށް ގޮސް ފަރުވާ ހޯދާ މީހުންނެވެ. އޭގެ އިތުރުން ރިހެބް ފަރުވާ ހިމެނެއެވެ. އެހެން ނަމަވެސް އެންޑީއޭގެ މި ފަރުވާތައް ދިނުމުގައި ފަރުވާކުޑަ ކަންކަން ހިމެނޭކަމަށް ވާހަކަ ދެކެވޭތާ ދުވަސް ވެއްޖެއެވެ. ހާއްސަކޮށް ތަނުގެ ކެޕޭސިޓީގެ މައްސަލަ ބޮޑުވުމާއި، އެތައް ބަޔަކު ކިއުގައި ތިބެންޖެހުން މީގެ ތެރޭގައި ހިމެނެއެވެ.

މަސްތުވާތަކެތީގެ ފަރުވާއަކީ ހަމައެކަނި ޑިޓޮކްސިފައި ކުރުމެއް ނޫނެވެ. އޭގެ ފަހަތުން އޭނާއަށް ދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓާއި، ހަށިގަނޑަށް އެ އަންނަ ބަދަލުތަކަށް ރަނގަޅަށް ފަރުވާތެރިވާން ޖެހެއެވެ. ހާއްސަކޮށް ކައުންސިލިން ސެޝަންތައް ވަރުގަދަ ކުރުން މުހިންމެވެ.

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލުން

އެންޑީއޭ ގިނަ މީހުން މިއަދު ސިފަ ކުރަނީ އާދައިގެ ފިހާރައަކަށް ވުރެ ވެސް، ދަށް ތަނެއްގެ ގޮތުގައެވެ. ރެކޯޑްސްތައް ނުބެލެހެއްޓެއެވެ. އިދާރީ އެތައް މައްސަލަތަކެއް ހުރިއިރު، މިފަދަ ސެންޓަރުތަކަށް ބޭނުންވަނީ ދާއިރާގެ ފަންނާއި އިލްމު ލިބިފައިވާ ފަރާތްތަކެވެ.

މި މައްސަލައިގައި އެންޑީއޭއާއި ސުވާލު ކުރުމުން އެ ސެންޓަރުން ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ތަފާތު އެކި ގޮންޖެހުންތަކެއް އައި ނަމަވެސް މައިގަނޑުގޮތެއްގައި ބޭނުންވާ ބޭސްތައް އެއްވެސް ހުރަހެއް ނެތި ލިބުނު ކަމަށެވެ.

ތަނުގެ ކެޕޭސިޓީއާއި ގުޅޭގޮތުން އެކި ވާހަކަތަކެއް ދެކެވޭއިރު، ހިންމަފުށީ ސެންޓަރުގެ ޖާގައަކީ ގާތްގަނޑަކަށް 180 މީހުންނެވެ. އެހެން ނަމަވެސް ފަރުވާއަށް ހުކުމްކޮށްފައިވާ މީހުން އެތަނަކަށް ނުގެންދެއެވެ. މިއަހަރުގެ މިހާތަނަށް އެކަނި ވެސް ތިން ހާހަށް ވުރެ ގިނަ މީހުންގެ ފަރުވާއަށް ކޯޓުން ހުކުމްކުރިއެވެ. އެހެން ނަމަވެސް އެންޑީއޭއަށް އެ އިންތިޒާމުތައް ހަމަނުޖެއްސޭއިރު ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދު ވެސް ހާހުން މައްޗަށް އަރައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އެތައް ބަޔަކަށް ވަނީ ހުކުމް އިއްވާފައެވެ. އަދި ފަރުވާގެ މަރުހަލާ ކުރިޔަށް ގެންދާއިރު، މިވީ ހަފްތާއެއްގެ ތެރޭގައި ވެސް ސޯޝްލް މީޑިއާއިން އެނގިގެން ދިޔައީ އެންޑީއޭއަށް އެއްވެސް އިތުބާރެއް ނެތް ކަމެވެ.

ގެތަކުގެ ގޯޅިތައް މަތީ، ދާނެ އެއްވެސް މަންޒިލެއް ނެތި ގެއްލިފައިވާ ޒުވާނުންގެ ވާހަކަ އަކީ ވެސް އެއީއެވެ. އެންޑިއޭގެ ހިނގުން ދޯދިޔާވެފައި، ފަރުވާކުޑަވުމެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެންދާނީ މާލެ އަތޮޅު ހިންމަފުށީގެ ރިހެބް ސެންޓަރުންނެވެ. ތަނުގެ ހާލަތު އެހާ ދަށެވެ. އެކަށީގެންވާ ކެޕޭސިޓީއެއް ނެތްއިރު، ފަރުވާގެ ބަދަލުގައި އެންޑީއޭގެ އަމާޒަކަށްވެފައި އޮންނަނީ އަދަދުތަކަށް ބަލާ ނަމެއްގައި ފަރުވާ ދިނުމެވެ. ފަރުވާ ދޭ ނިޒާމުގެ ތެރެއިން ޑިކޮސް ސެންޓަރަށް ބަލާއިރު، ބޭނުވާ ބޭހެއް ނެތެވެ. ގަވައިދުން ބޭސް ނުލިބޭއިރު، ބޭސް ހުސްވުމުގެ ކުރިން ސްޓޮކް ގެނައުމަށް ކުރާ މަސައްކަތެއް ވެސް ނެތީއެވެ. މީގެ ސަބަބުން އެންމެ ޒަމާނީ ފެންވަރަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރެއެވެ. މިއީ ހިންގުންތެރި، އަދި އިހުލާސްތެރި ބައެއް ނެތުމުގެ ނަތީޖާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: