ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވާނުވާ” މައްސަލަތަކަށް އޮތް ހައްލަކީ ކޮންޓިނިއުއަސް ހިއަރިންތައް: ޝަމީމް

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

“ވާނުވާ” މައްސަލަތަކަށް އޮތް ހައްލަކީ ދެމިގެންދާ ޝަރީއަތްތަކެއްކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް، އޭނާގެ އަމިއްލަ ބްލޮގްގައި ޝާއިއުކުރި ލިޔުމެއްގައިވަނީ ވާނުވާ ގެ މައްސަލަ ޙައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީޢަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުންކަމަށެވެ. ޝަމީމް ވިދާޅުވީ އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީއަތް ފަށަންޖެހޭ ކަމަށެވެ. އަދި ޝަރީއަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީއަތް ކުރިއަށް ގެންދާނީ ކަމަށެވެ.

ޝަމީމް ވިދާޅުވީ އާންމު ގޮތެއްގައި ޝަރީއަތެއްގައި އޮންނާނީ، އިފްތިތާހީ ބަޔާން (އޯޕަނިންގ ސްޓޭޓްމަންޓް) ހުށަހެޅުމާއި، ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި ޚުލާސާ ބަޔާން އިއްވުން ކަމަށެވެ. މިތިން މަރްޙަލާ، ދެތިން ދުވަސް ތެރޭގައި ނިންމައިލެވޭނެ ކަމަށާއި އެހިސާބުން ދެދުވަހެއްގެ މެދުކެނޑުމަކަށްފަހު މައްސަލައިގެ ހުކުމް ކުރެވޭނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް ކުރިމިނަލް ކޯޓުން މިއުސޫލުން ޝަރީއަތްތައް އެބަ ހިނގާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާވެސް އެބަ ފެންނަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“ވާނުވާ” އަށް ހައްލު ގެނެވޭތޯ އެކި ފޯރަމްތަކުގައި، އެކި ސިފަސިފައިގައި، މަސައްކަތް ކުރެވިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަރީއަތް ނިމެންދެން ބަންދުކުރަން ގާނޫނު ހުއްދަކުރަނީވެސް ވަރަށް ނާދިރު ޙާލަތްތަކުގައި، އެމީހެއްގެ ފަރާތުން މުޖްތަމައަށް ނުރައްކާވާ މީހުންނަށް ކަމަށާއި އެކަމަށް ވަކި މިންގަނޑެއް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅޭކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެބޭފުޅާ މަގާމާއި ހަވާލުވިފަހުން އެމިންގަނޑު އިތުރަށް ވާނީ ހަރުކަށިކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުންކަމަށާއި އޭގެ ތެރޭގައި މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި އަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުން ހިމެނޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ޝާއިއުކުރައްވާފައިވާ ލިޔުމުގައި “ވާނުވާ” ބަންދަށް ލިބެން އޮތް ހަގީގީ ހައްލަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުންކަން ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. މިއީ މީގެ ކުރިންވެސް ޕީޖީ ދައްކަވާ ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަކީވެސް އެއީ ކަމަށާއި އެވާހަކަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒުވާން ފެށުމުން “ވާނުވާ” ވުމުގެ ފުރުސަތެއްވެސް ނޯންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮބާ ވަސީލަތްތައް ތެދެއް މާލޭގެ ކޯޓްތަކުގައި ތިކަން ތިމަގުން ކުރެވިދާނެ. ގިނަ މެގިސަޓްރޭޓް ކޯޓުގައި ތިބެނީ 2 މުވައްޒަފުން. ވަސީލަތެއް ފޯރުކޮށްދިނުމެއްނެތި ޤާނޫނު ހެދުމަކުން އިސްލާހެއް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: