ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އައިފާން އިމާރާތުގެ ނަން، އެފްއެސްއެމް ބިލްޑިންގ އަށް!

އެފްއެސްއެމް އަހަރީ ދުވަހާއި ގުޅިގެން ބޭޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެފްއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އައިފާން އިމާރާތުގެ ނަން، އެފްއެސްއެމްއަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި އެފްއެސްއެމް ބިލްޑިންގެ ނަން ބޯޑު އިފްތިތާހުކޮށް ދެއްވާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އާއި، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.

އެފްއެސްއެމްގެ އަހަރީ ދުވަހާއި ގުޅުވާ އެސްޓީއޯއިން ވަނީ ކުންފުނީގެ 8.5 މިލިއަން ލީޓަރުގެ ސްޓޯރޭޖްގެ ތެޔޮ ޓޭންކަރ އެފްއެސްއެމްއަށް ބަދަލުކޮށްފަ އެވެ. އެއާއި އެކު އެއީ ރާއްޖޭގެ މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރު އޮންނާނީ އެފްއެސްމެގަ އެވެ.

މި ރަސްމިއްޔާތުގައި އަމްރު ވަނީ އެފްއެސްއެމްއިން ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ކުރި މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި ގުޅޭގޮތުން އަމްރު ވާހަކަ ދެއްކެވިއެވެ. އަހަރީ އާއި ގުޅުވައިގެން ބޭއްވި ހަފްލާގައި އެ ކުންފުންޏަށް 20 އަހަރު ދުވަހު ހިދުމަތްކުރި ހަތަރު މުވައްޒަފެއްގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.

ރަސްމިއްޔާތުގައި ގަސަމް ވިދާޅުވީ، މިދިޔަ އަހަރު ވެގެން ދިޔައީ މިހާތަނަށް ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ކަމަށެވެ. ކޮވިޑާއި ގުޅިގެން ގިނަ ގޮންޖެހުންތަކެއް ދިމާވި ނަަމަވެސް، ޖުމްލަ ގޮތެއްގައި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ރާވާފައި ހުރި ކަންކަން އަންނަ އަހަރުގެ ތެރޭގައި ކުރިޔަށް ގެންދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެސްޓީއޯއާއި ކުރީގެ ވަރަ މޯލްޑިވްސްގެ ހިއްޔާ އޮވެގެން އެފްއެސްއެމް އުފެއްދާފައިވަނީ 2000 ވަނަ އަހަރުފެ ތެރޭގައެވެ. އޭރު އެފްއެސްއެމް ހަރަކާތެރިވެފައި ވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައެވެ.

ވޭތުވެ ދިޔަ އެކި އަހަރުތަކުގެ ތެރޭގައި، ކުންފުނީގެ ތަރައްގީއަށް ކުރެވުނު ތަފާތު އެކި މަސައްކަތްތަކާއި އެކު މިއަދު އެފްއެސްއެމް އަކީ މިވަގުތު ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރާ އެއް ކުންފުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: