ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުޑީސީގެ އޮޑިޓު: ހިޔާނާތާއި، ކޮރަޕްޝަން އަދި އިހުމާލުގެ ގިނަ އަމަލުތަކެއް!

އެމްއާރުޑީސީއިން ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ މަޝްރޫއުއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން މުދަލާއި ހިދުމަތް ހޯދުމުގައި ގޯސްތަކެއް ހަދައި، ދައުލަތައް ބޮޑެތި ގެއްލުން ލިބިފައިވާ މައްސަލަތަކެއް އޮޑިޓު ރިޕޯޓުން ފެންމަތިވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ އާއްމުކުރެއްވި އެމްއާރުޑީސީގެ ހާއްސަ އޮޑިޓަކީ އެ ކުންފުނިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ ކަންތަކާއި ގުޅޭގޮތުން އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ހަތަރު ރަށެއްގެ މަގު ހެދުމަށް ކުއްޔަށް ހިފައިގެން އެމްއާރުށީސީއިން އެ ރަށްތަކަށް ގެންދިޔަ ވެހިކަލްތަކުގެ ބޭނުން ނުކޮށް ދުވަސްތަކެއް ވަންދެން ބަހައްޓާފައިވުމުގެ ސަބަބުން އެ ވެހިކަލްތަކުގެ ބޭނުން ނުކޮށް ހުރި ދުވަސްތަކުގެ ކުއްޔަށް 5.53 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެމްއާރުޑީސީއަށް 500 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މަސައްކަތާއި ހަވާލުވި ކުންފުންޏާއި އެކު، ހެދި އެއްބަސްވުމުގައި މަސައްކަތުގެ އަގު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް އަދި މުދަލާއި ހިދުމަތް ހޯދުމުގައި އެމްއާރުޑީސީއިން އޭރު އަމަލު ކުރަމުން އައި ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެޑްވާންސްކޮށް މަސައްކަތާއި ހަވާލުވި ކުންފުންޏަށް އެއްބަސްވުމުގެ ޖުމްލަ އަގަށް ވާ 10.05 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

ތަކެތި ސަޕްލައިކުރުން ލަސްވީ ދުވަސްތަކަށް އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، އެ ފައިސާ ވެސް ހޯދާފައިނުވާކަން އޮޑިޓުން ދައްކައެވެ. އަދި ހަލާކުވެފައި ހުރި ސިމެންތި ބަސްތާތަކުގެ ބަދަލުގައި ރަނގަޅު ބަސްތާތައް އަލުން ހޯދަން މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

އޮޑިޓުގައިވާ ގޮތުން އެމްއާރުޑީސީއިން ވަނީ 2000 ޓަނުގެ ލޭންޑިން ކްރާފްޓެއް ގަތުމަށް 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަމިއްލަ ކުންފުންޏަކާއި އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެ އެއްބަސްވުމުގެ ޖުމްލަ އަގުގެ 50 އިންސައްތައަށްވާ 7.4 މިލިއަން ރުފިޔާ ދީފައެވެ. އަދި އެ ފައިސާގެ ތެރެއިން 5.2 މިލިއަން ރުފިޔާ ދީފައިވަނީ މުދަލާއި ހިދުމަތް ހޯދުމުގައި އެމްއާރުޑީސީއިން އަމަލުކުރަމުން އައި ގަވައިދުގެ މަސައްކަތާ ހަވާލުވާ ފަރާތަކާއި އެޑްވާންސްގެ ގޮތުގައި ފައިސާގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނައިންނެވެ.

މި ލޭންޑިން ކްރާފްޓަކީ، އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަސްތަކަށް ފެތޭ އުޅަނދެއްކަމަށް ކަމަށް ބުނެ އެމްއާރުޑީސީއިން އެ އެއްބަސްވުން އުވާލިކަމަށް އޮޑިޓުގައި ވެއެވެ. އަދި ލޭންޑިން ކްރާފްޓު ގަތުމަށް ކުންފުނިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ލިބިފައި ނުވާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އާއްމު އުސޫލާއި ބޭރުން ބޭރުގެ ކުންފުންޏަކާއި މަގު ހެދުމުގެ މަސައްކަތް ހަވާލު ކުރި މައްސަލައެއް ވެސް ފެންމަތިކޮށްފައެވެ. މި މަޝްރޫއު އެމްއާރުޑީސީއިން ބޭރުގެ ކުންފުންޏާއި ހަވާލުކުރީ 1.2 މިލިއަން ޑޮލަރަށް ނަމަވެސް، މަސައްކަތް ކުރިޔަށް ނުގެންދިއުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުން ހަ މިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓުގައި ވެއެވެ.

އެމްއާރުޑީސީއިން ވަނީ އެ ކުންފުންޏަށް އައިޑަލް ކެލެއިމްގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ކުރަންޖެހޭ ހަރަށަށް ވުރެ އެއްލަކަ ފަންސަވީސް ހާސް ޑޮލަރު އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކުންފުނިން ރަށްތަކުގައި ކުރިޔަށް ގެންދިޔަ މަޝްރޫއުތައް މެއިން ކޮންޓްރެކްޓަރުގެ އަގަށް ވުރެ ބޮޑުކޮށް ވަނީ ދޫކޮށްފައެވެ. އަދި ބޮޑު އަގެއްގައި ސަބް ކޮންޓްރެކްޓު އުސޫލުން މަސައްކަތް ހަވާލުކުރުމުގެ ސަބަބުން 1.6 މިލިއަން ރުފިޔާގެ ގެއްލުންވެފައި ވެއެވެ.

ބައެއް ރަށްތަކުގެ މަޝްރޫއުތަކުގެ ތެރެއިން ލ. ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުއާއި ގުޅޭގޮތުން އޮޑިޓުގައި ބުނެފައިވަނީ އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުގެންދެވި ހުއްޓުނު ކަމަށެވެ. އަދި މަސައްކަތް ހުއްޓުމަކާއި ހަމައަށް އައިއިރު އެމްއާރުޑީސީއިން އެ މަސައްކަތް ހަވާލު ކުރި ކުންފުންޏަށް 15.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަށްތަކުގެ ޖެޓީ ހެދުމަށް ހަވާލުކުރި މަސައްކަތްތައް ނުނިމިވާއިރު، ކޮންޓެރެކްޓަރެއްގެ ގޮތުގައި މަސައްކަތް ހަވާލުކުރި ކުންފުންޏަށް، މަސައްކަތުގެ ޖުމްލަ 11.3 މިލިއަން ރުފިޔާގެ ތެރެއިން 67 އިންސައްތަ ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މައްސަލައިގައި އޮޑިޓުން ވަނީ ގެއްލުނު ފައިސާ، އަލުން އަނބުރާ ހޯދުމަށް އެކަމުގައި ޒިންމާވާ މީހަކު ހޯދުމަށް ބުނެފައެވެ. އަދި އެމްއާރުޑީސީއަށް ލިބިފައިވާ މާލީ ގެއްލުންތަކުގައި އިހުމާލުވާ މީހުންގެ މައްސަލަ ބަލައި، އެކަން އިތުރަށް ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: