ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުން އެމްޓީސީސީ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ތިނަދޫ ރީޖަނަލް ޕޯޓު ހެދުމުގެ މަސައްކަތް އެމްޕީއެލްގެ ފަރާތުން އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޝާހިދު އަލީ އެވެ.

އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަސްތެރޭ ނިންމާ ގޮތަށެވެ. މި ޕްރޮޖެކްޓަށް 15 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް އިން ބުނީ ތިނަދޫ ޕޯޓް ގައި މެދުމިންވަރުގެ ފީޑަރ ބޯޓުފަހަރާއި، ކޮންޓެއިނަރު ބޯޓުގެ އިތުރުން ރާއްޖެއަށް އަންނަ އެހެނިހެން މުދާބާލާ ބޯޓުފަހަރަށް ޚިދުމަަތް ފޯރުކޮށްދެވޭނޭ ދެކުނުގެ ރަނގަޅު ޕޯޓަކަށް އެޕޯޓު ވެގެންދާނެ ކަމަށެވެ.

ތިނަދޫ ޕޯޓުގައި 180 ފޫޓުގެ މަގަތުފާލަމަކާއި މުދާ ބަހަށްޓާ ބޮޑު ގުދަންތަކާއި އަދި 1200 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ހުންނަގޮތަށް ޕްލޭން ކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: