ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިފްކޯ ޕަބްލިކް ކުންފުންޏަކަށް ހެދުން: އެމްޑީ

ފެލިވަރުގެ މަސް ބަންދު ކުރުން ނޫސްވެރިންނަށް ދައްކާލުމަށް ނޫސްވެރިންނަށް ބޭއްވި ޓުއާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯ ކުންފުންޏެއްގެ ގޮތުގައި ތަރައްގީކޮށް، މަސްވެރިންނާއި އާއްމުންގެ ބައިވެރިވުން ހިމެނޭގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މިފްކޯ ހިންގުމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، އަންނަ އަހަރު ކުންފުނީގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 50 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. މިފްކޯއިން ކުރަމުންދާ މަސައްކަތްތައް ހާސިލް ކުރެވޭ ހިސާބުން، މަސްވެރިންނަށް ދިމާވާ ތަފާތު އެކި މައްސަލަތަކާއި، އަންނަ ކަންބޮޑުވުންތަކައް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި އައިސް ޕާލާންޓުތައް އިތުރަށް ގާސިމް ކުރުމާއި، މަސް ފިނި ކުރާ ޖާގާތަކުގެ ކެޕޭސިޓީ ބޮޑުކުރުމާއި، މަސް ޕްރޮސެސް ކުރާނެ ފެސިލިޓީތައް ގާއިމް ކުރުން ހިމެނޭ ކަމަށެވެ. އަދި ބްރައިން ފެސިލިޓީތައް އިތުރުކޮށް، މަސްވެރިންގެ އަތުން މަސް ގަނެ، މަހުން ރަނގަޅު ޕްރޮޑަކްޓެއް ނެރުމަށް ކުރާ މަސައްކަތްތައް ހިމަނާ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުން ހިމެނޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭ ކުންފުންޏެއްކަން ފާހަގަކޮށް އިސްމާއިލް ވިދާޅުވީ، ބޭނުންވަނީ މިފްކޯއަކީ ރައްޔިތުން ބޭނުންވާކަހަލަ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމުގައި އިސްމާއިލް ވިދާޅުވިއެވެ. އޭގެ ފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސްތައް ނުކިރި، ކިއުގައި ތިބެންޖެހޭތީ ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އަދި މަސްވެރިން ބާނާ މަސް ހަމަ އަގުގައި މިފްކޯއަށް ނުގަނެވުމާއި އެކު، ފެލިވަރުގެ ފަޅުގައި ދޯނިފަހަރުތައް ތިބެންޖެހޭތީ ދާދިފަހުން މަސްވެރިން އިހުތިޖާޖުކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކަމަށް އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި މަސްވެރިންނަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކީ މިފްކޯކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަކީ، ފަތުރުވެރިކަމާއި އެއްވަރުގެ ބޮޑު ދާއިރާއަކަށް ހެދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ވަނީ، އެކަމުގެ ޔަގީންކަން މަސްވެރިންނަށް މިފްކޯގެ ފަރާތުން ދޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ މަސްވެރިންގެ ވެސް އެއްބާރުލުން ލިބި، އެންމެން ގުޅިގެންކަމަށް ވިދާޅުވެފައެވެ.

1986 ވަނަ އަހަރު ހަދާފައިވާ ފެލިވަރު ކޭނަރީއަށް ބަދަލުތަކެއް ބޭނުންވާއިރު ތަން އުފެދި މިއަދާއި ހަމައަށް އެތައް އަހަރެއް ވެގެން އައިއިރުވެސް ޕްރޮސެސްކުރަނީ 50 ޓަނުގެ މަހެވެ. ފެލިވަރުގައި ދުވާލެއްގެ މައްޗަށް ބަންދު ކުރުމުގެ ކެޕޭސިޓީ ހުރީ 65 ޓަނުގެ މަހަށެވެ. އޭގެ އިތުރުން އައިސްކޮށް މަސް ރައްކާ ކުރެވޭ ކެޕޭސިޓީ އުޅެނީ ގާތްގަނޑަކަށް 750 ޓަނުގައެވެ.

މިފްކޯއަކީ އެސްޓީއޯގެ 99.99 ޕަސަންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: