ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް ބަޔަކު ދިޔަ ކައިވެނި ހަފްލާއަކުން 35 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ކޮންޓެކްޓުން ހޯދަނީ!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝީ ބިލްޑިންގައި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ކޮވިޑުގެ އަލާމާތްތަކެއް ހުރެ ޕާޓީގައި ބަޔަކު ބައިވެރިވެފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހައިރިސްކު ކެޓަގަރީގެ މީހުން ހިމެނޭ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މި ހަފްލާގައި 120 މީހަކު ބައިވެރިވިއެވެ. އެކަމާއި ގުޅޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް އެޗްއީއޯސީއިން ބުނެފައިވަނީ ހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުން ގެންދާ ކަމަށެވެ. އަދި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން ހައި ރިސްކް ފަރާތްތައް ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“މިފަދަ ހަފްލާތައް ބާއްވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޟިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ދަންނަވަމެވެ.” އެޗްއީއޯސީ

ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި ހަފްލާއަށް ދިޔަ ހުރިހާ ފަރާތްތައް ވެސް ގޭގައި ކަރަންޓީނުވުމަށް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: